ޚަބަރު

ސައުތު ޕާމް ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ ސިޓީ މީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރައިގައި ހިންގަމުން އަންނަ ސައުތު ޕާމް ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮތްވާފެނިއްޖެއެވެ.

Ads by Sosun Fihaara

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނުނީ އެ ރިސޯޓުގެ ސެކިއުރިޓީ މެނޭޖަރުގެ މަގާމު އަދާ ކުރަމުންދިޔަ ސ. ފޭދޫ، އަންދަލީބުގެ ،މުހައްމަދު އިކުލީލު، (އިކޫ)އެވެ. އިކޫ މަރުވެފައި އޮތްވާ ފެނުނީ އޭނާ ހުންނަ ކޮޓަރިންނެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރ އިބްރާހިމް ޒުބައިރު ވިދާޅުވީ ސައުތު ޕާމްގެ މުވައްޒަފަކު މިއަދު ހެނދުނު 9:30 ހާއިރު ސިއްހީ މަރުކަޒަށް ގެނައި ކަމަށެވެ. އަދި އޭނާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރާއި ހަވާލާދީ އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މި ހާދިސާ އާއި ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!