Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުޅުދުއްފުށިން އިތުރު ބިދޭސީންތަކެއް މާލެ ފޮނުވާލައިފި!

ކުޅުދުއްފުށިން އިތުރު ބިދޭސީންތަކެއް މާލެ ފޮނުވާލައިފި!

ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މިހާރު ފަށާފައިވާ އޮޕަރޭޝަނުގައި ކުޅުދުއްފުށިން އިތުރު ބިދޭސީންތަކެއް މިއަދު މާލެ ފޮނުވާލައިފިއެވެ.

މުއައްސަސާތަކުގެ އެއްބާރުލުމާއެކު ކުޅުދުއްފުށީ ޓާރސްކް ފޯސްއާއި ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މިއޮޕަރޭޝަންގައި، އަތުލައިގެންފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުންތަކެއްކަން އެނގިފައިވެއެވެ.

އެމީހުން މާލެ ފޮނުވާލާފައިވަނީ ބަހާދަރު ބޯޓުންނެވެ.

Advertisement
HDC — Sidebar (box)

މިއީ ޤަވާއިދާއި ޚިލާފަށް ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ބިދޭސީން ހޯދާ، ފޮނުވާލުމުގެ މަސައްކަތް މިފަދައިން ކުރެވުނު ދެވަނަ ބުރެވެ.

އެގޮތުން މިމަހުގެ 10 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގެ ފުރަތަމަ ބުރުގައި 13 ބިދޭސީއަކު ހޯދައި އެމީހުން މާލެ ފޮނުވާލިއިރު، މިހާރު އެމީހުން ވަނީ އަނބުރާ އެމީހުންގެ ޤައުމަށްވެސް ފޮނުވާލާފައެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބުދުއްލަޠީފް ޙަސަން ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއްކަމަށާއި، މިމައްސަލަ ޙައްލު ކުރަން ސަރުކާރުން ކުރަމުންދާ މި މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށެވެ.

މިއަދު ފޮނުވި ބިދޭސީންނާއި މާލެއިން ހަވާލުވެފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް