ޚަބަރު

ކޮވިޑް-19: ދިއްލީގެ ހެލްތު މިނިސްޓަރ ބައްޔަށް ފައްސި ވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ނިއު ދިއްލީގެ ހެލްތު މިނިސްޓަރ ސަތުޔަންދަރު ޖެއިން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ދިއްލީގެ ހޮސްޕިޓަލެއްގައި ޖެއިން އެނދުމަތި ކުރެވުނީ ހުންގަދަވެ، ނޭވާލާން އުނދަގޫވާކަމުގެ ޝަކުވާ ތަކަކާއެއްކޮށެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖެއިން ކޮވިޑް އަށް ފައްސިވެފައިވާކަން ހާމަވެފައިވަނީ މިއަދުއެވެ.

އެނގިފައިވާ ގޮތުގައި ބަލިހާލަތު ވަރަށް ދަށްވުމުގެ ސަބަބުން ކޮވިޑް-19 އަށް ޖެއިން އެންމެ ފުރަތަމަ ޓެސްޓުކޮށްފައިވަނީ އިއްޔެ ހެނދުނުއެވެ. ނަމަވެސް އެއިރު އޭނާ ކޮވިޑް އަށް ނައްސި ކަމަށާއި، ފަހުން ރޭގައި މާބޮޑަށް ބަލިވުމުން އަނެއްކާވެސް ޓެސްޓުކޮށް ނަތީޖާ މިރޭ ލިބިފައިވާއިރު ޖެއިން މިބައްޔަށް ފައްސި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޖެއިން އެނދުމަތި ކުރެވިފައިވަނީ ދިއްލީގައި ހުންނަ ރާޖީވް ގާންދީ ސުޕަރ ސްޕެޝަލިޓީ ހޮސްޕިޓަލުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!