ޖޭއެސްސީން އަންނަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން: ކުރީގެ އުއްތަމަ ފަނޑިޔާރު
ސުލޫކީ މައްސަލަތައް ބެލުމުގެ ނަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖޫން 17 ވަނަ ދުވަހު ނެރުނު އަމުރާއި ހިލާފަށް ސުލޫކީ މައްސަލަތައް ބެލުމުގެ ނަމުގައި ޖޭއެސްސީ އިން އިން ހިންގާ ޖަރީމާ ތަކަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކެއް ކަމަށާއި އެއީ ތަހުޒީބުވެފައިވާ ދުނިޔެއެއްގައި ހިނގާ ކަންތައްތަކެއް ނޫން ކަމަށެވެ.
SC ge No: 02/SC-SJ/2019 court amraa khilaafah sulookee massala belumuge namugai JSC gai hingaa jareemaa thakakee fandiyaarunah nufooz foaruvuma hingaa amaluthakeh. Civilised world ga hingaa kanthakeh noon. https://t.co/dtUFLNBgvw https://t.co/URyxc3KSmv
— Dr. Ahmed Abdulla Didi (@AABDULLADIDI) June 17, 2020
ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެފައި މިވަނީ ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާ އެކަމަށްޓަކައި ވަކި ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް އިއްޔެ ބުނެފައި ވަނިކޮށެވެ.
ސިވިލް ކޯޓުގެ އިސްގާޒީ ޢަބްދު ﷲ ޢަލީ އާ ގުޅޭ ގޮތުން ބަލަން ނިންމެވީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރުވުމަށް ޢައްޔަންކޮށްފައިވާ ފަރާތް ކޯޓަށް ހާޟިރު ނުކޮށް މައްސަލަ ބާޠިލްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަަމަށް ޖޭއެސްސީ އިން ވިދާޅުވި އެވެ.
ޖޭއެސްސީން ވަނީ މީގެ ކުރިންވެސް ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށްފަހު ފިޔަވަޅުއަޅާފައި އެވެ.