ބަޣާވާތާ ގުޅިގެން ކޯނީއަށް ބަޔާން ނުދިނީ ނަޝީދު އިތުރަށް ފަލީހަތް ކޮށްލަން ބޭނުން ނުވާތީ: އަލްހާން
ހަތެއް ފެބްރުއަރީ 2012ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ވައްޓާލި މައްސަލާގައި ކޯނީއަށް ބަޔާން ނުދިނީ ނަޝީދު އިތުރަށް ފަލީހަތް ކޮށްލަން ބޭނުން ނުވާތީ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އޭރުގެ ރައީސް، ނަޝީދުގެ އަމުރުފުޅަށް ސިފައިން ނުކުމެ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާ ކުރަން ފެށިއެވެ. އަދި އެ މުޒާހަރާތައް ހޫނުވެ ރައްޔިތުންގެ ގިނަ ބަޔަކު ޖުމުހޫރީ މައިދާނަށް އެއްވެ އިސްތިއުފާ އަށް ގޮވައި ޕްރެޝަރުތައް ކުރިމަތި ކުރުމުން ރައީސް ކަމުގެ މަގާމުން ނަޝީދު އިސްތިއުފާދެއްވިކަން އިއުލާން ކޮށްފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު މެންދުރުގެ ވަގުތެއްގަ އެވެ.
މިކަމާ ގުޅިގެން އަލްހާން ކުރެއްވި ޓްވީޓެއްގައި ވަނީ 7 ފެބްރުއަރީ ބަޣާވާތް ތަހުގީގުކުރި ކޮމިޝަން، ކޯނީ އިން އޭނާގެ ބަޔާން ނުނަގާކަން އެއްވެސް މީހަކަށް އެނގޭތޯ ސުވާލު ކުރައްވާފައެވެ.
"އެކޮމިޝަނުން އަޅުގަނޑަށް ގުޅި! އަޅުގަނޑު ބަޔާނެއް ނުދެން! ބަޔާން ނުދިނީ ރައީސް ނަޝީދު އިތުރަށް ފަޟީޙަތްކޮށްލަން ބޭނުން ނުވާތީ!" ނަޝީދު ވިދާޅުވިއެވެ.
އެއްވެސް ބޭފުޅަކަށް އެނގިވަޑައިގަންނަވާތީ 7 ފެބްރުއަރީ ބަޣާވާތް ތަހުގީގުކުރި ކޮމިޝަން ކޯނީ އިން އަޅުގަނޑުގެ ބަޔާނެއް ނުނަގާކަން؟
އެކޮމިޝަނުން އަޅުގަނޑަށް ގުޅި!
އަޅުގަނޑު ބަޔާނެއް ނުދެން !
ބަޔާން ނުދިނީ ރައީސް @MohamedNasheed އިތުރަށް ފަޟީޙަތްކޮށްލަން ބޭނުން ނުވާތީ! pic.twitter.com/ncZJZSnStQ— Aʟʜᴀɴ Fᴀʜᴍʏ -