ޚަބަރު

ފުލުހުންގެ އިމާރާތުގެ ނަން ބަލައި ނުގަނެވޭނީ ޝަހީދުންގެ ލޭގެ އަގު ވަޒަން ކުރަން ބޭނުން ނުވާ ޚާއިނުންނަށް: ޖަމީލް

ދެން އެމްވީ ، ދެން އޮންލައިން

ފުލުހުންގެ އިމާރާތުގެ ނަން ބަލައި ނުގަނެވޭނީ ޝަހީދުންގެ ލޭގެ އަގު ވަޒަން ކުރަން ބޭނުން ނުވާ ޚާއިނުންނަށް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުޑީޝަރީ މަޖިލީހުގެ ރައީސްގެ މުޝުތެރޭގައި ކަމަށާއި މައްސަލަތައް ޝެޑިއުލް ކުރަން ވެސް ކޯޓުގެ ކޮންޓްރޯލެއް ނެތް ކަމަށެވެ. އަދި ތަހުގީގު ކުރާ ފުލުހުން މަޖިލީހުގެ ބާރުގެ ދަށަށް ގެނެސް ފައިވާ ކަމަށާއި ދައުވަ ކުރާ ފަރާތް މަޖިލިސް ރުހޭ ގޮތަށް އުޅެން ޖެހިފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

"މިހާރު މިވީ ރިފޯމް ތޯ؟ މަޖިލީހުގައި ތިބީ ސީރަތު މާ ރީތި ބައެއް ތޯ؟" ޖަމީލު ސުވާލު ކުރެއްވިއެވެ.

ޖަމީލު އިތުރަށް ވިދާޅުވީ ފުލުހުންގެ އިމާރާތުގެ ނަން ބަލައި ނުގަނެވޭނީ ޝަހީދުންގެ ލޭގެ އަގު ވަޒަން ކުރަން ބޭނުން ނުވާ ބަޔަކު ކަމަށާއި އެއީ ބޮޑެތި ޚާއިނުން ކަމަށެވެ.

"ބާޣީންގެ އަތް ދަށުން ގައުމު ސަލާމަތް ކުރި އަބްތާލުންގެ ދިފާއުގައި މުޅި ގައުމު ތެދުވާނެ. ޝަހީދުންގެ ޒިކްރާ ފަނޑުވިޔަކަ ނުދޭނެ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލު މިހެން މި ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަންވެސް ބަދަލުކުރަން ޖެހޭކަމަށް މެމްބަރުން ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ނަޝީދު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

"ޖުމްލަކޮށް ވެއްޖެއްޔާ މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ. އެހެންނަމެއް ވެސް ބޭނުންވެޔޭ. އެހެން ކުލައެއްވެސް ބޭނުންވެޔޭ. އަދި މައި މަރުކަޒު ވެސް ހުންނަންވީ އެހެންތަނެއްގައޭ. މިދިޔަ ހުރިހާ ދުވަަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ" ނަޝީދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!