ކުޅިވަރު

މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން ޔުވެންޓަސް ބަލިކޮށް ނަޕޯލީން ކޮޕަ އިޓަލީއާ ކާމިޔާބުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮޕަ އިޓާލިއާ ފުޓްބޯޅަ މުބާރާތުގެ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން ޔުވެންޓަސް ބަލިކޮށް ނަޕޯލީން ޗެމްޕިއަންކަން ހޯދައިފިއެވެ.

Ads by Sosun Fihaara

އިޓަލީގެ 98 އަހަރުވީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނަޕޯލީން ހޯދީ ޔުވެންޓަސްއާއި ވާދަކުރި ފައިނަލް މެޗު ޕެނަލްޓީ ޖަހައިން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޔުވެންޓަސްގެ ފުރަތަމަ ދެ ޕެނަލްޓީ އެޓީމުން ބޭކާރުކޮށްލިއެވެ. ދިބާލާ ޖެހި ޕެނަލްޓީ ނަޕޯލީގެ ކީޕަރު ދިފާއުކުރިއިރު، ޑެނީލޯ ޖެހި ޕެނަލްޓި ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ނަޕޯލީންވަނީ އެޓީމްގެ ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް ތަށި އުފުލާލާފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޔުވެންޓަސްގެ ތަރި ރޮނާލްޑޯއަށް ޕެނަލްޓީ ޖަހަން ފުރުސަތު ނުލިބުނެވެ. އޭނާ ޕެނަލްޓީ ޖަހަން އޮތީ ފަސްވަނައަށެވެ. ނަމަވެސް ޔުވެންޓަސްގެ ފުރަތަމަ ދެ ޕެނަލްޓީ ބޭކާރުވެ ނަޕޯލީން ހަތަރު ޕެނަލްޓީ ވެއްދުމުން ނަތީޖާ ކަށަވަރުވީއެވެ.

މުޅި މެޗަށް ބަލާއިރު، މެޗުގައިވެސް ރޮނާލްޑޯއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މާ ނުރައްކާތެރި ހަމަލާތަކެއް ނުއުފެއްދުނުއިރު، ނަޕޯލީންވަނީ މެޗުގައި ރަނގަޅު ފުރުސަތުތަކެއްވެސް ތަނަވަސްކޮށްފައެވެ. މެޗުގައި ޔުވެންޓަސްގެ ކީޕަރު ބުފޮން ރަނގަޅު ސޭވްތަކެއް ކުރިއެވެ.

މިއީ 6 ސީޒަންގައި ނަޕޯލީން ހޯދި ފުރަތަމަ ތައްޓެވެ. އަދި ސީޒަންގެ މެދުތެރެއިން ކުލަބާއި ހަވާލްވި ގެނާރޯ ގަޓޫސޯގެ ކޯޗިންގ ކެރިއަރުގެ ފުރަތަމަ ތައްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!