ޚަބަރު

މަތީ ތައުލީމުގެ ލޯނަށް މި މަހުގެ ފަހުކޮޅު ހުޅުވާލަނީ

ދެން އެމްވީ ، ދެން އޮންލައިން

މަތީ ތައުލީމުގެ ލޯނަށް މި މަހުގެ ފަހުކޮޅު ހުޅުވާލާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

Ads by Sosun Fihaara

އެ މިނިސްޓްރީން ބުނީ އެކި ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ މީހުންނަށް މި މަސް ނިމުމުގެ ކުރިން ލޯނުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެއީ ކިތައް ޖާގަ ކަމެއް ނުބުނެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިދިޔަ ނޮވެމްބަރު މަހު ވިދާޅުވީ، މަތީ ތައުލީމަށް ކިޔެވުމަށް ސަރުކާރުން ލޯނު ދޭއިރު، ތަނަވަސްކަން ނެތް ދަރިވަރުންނަށް އިސްކަންދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އަތޮޅުތަކަށް އިސްކަންދެވޭނެ ގޮތަކާ ދޭތެރޭ މަޝްވަރާކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް ރޭޓް ފަސް ޕަސެންޓުން ތިން ޕަސެންޓަށް ކުޑަކޮށް، ލޯނު ދައްކަން ލިބޭ މުއްދަތު 25 ޕަސެންޓަށް އިތުރުކޮށްފަ އެވެ. އަންނަ އަހަރުގެ ކުރިން އިންޓްރެސްޓް ރޭޓް އަނެއްކާ އެއް ޕަސެންޓަށް ކުޑަކުރަން ސަރުކާރުގެ އެކްޝަން ޕްލޭނުގައި ހިމަނާފައި ވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!