މުނިފޫހިފިލުވުން

"ފްރެންޑްސް" ފޭނުންނަށް އުފާވެރި ހަަބަރެއް: އޮގަސްޓު މަހު "ފްރެންޑްސް ރީޔުނިއަން" ގެ ޝޫޓިން ފަށަނީ

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިންގެ ތެރޭގައި ވެސް އަދިވެސް އެންމެ މަގުބޫލު ޓީވީ ޝޯ އަކީ "ފްރެންޑްސް" އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ގެ 24 އަހަރު ކުރިން ފެށި "ފްރެންޑްސް" ސީރީޒް 2004 ގައި ނިންމާލާފައިވާއިރު ގިނަ ބަޔަކު ދިޔައީ "ފްރެންޑްސް" އެނބުރި އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. މި އިންތިޒާރަށް ނިމުމެއް ގެނުވީ ފްރެންޑްސް ގެ ތަރިންނާއެކު "ފްރެންޑްސް ރީޔުނިއަން" އެޕިސޯޑެއް އެޗްބީއޯ އިން އިއުލާނުކުރުމުންނެވެ.

Ads by Hajj Corporation

ނަމަވެސް ކޮވިޑް19 އާއެކު ފްރެންޑްސް ރީޔުނިއަން ގެ ޝޫޓިން ވެސް ނުފެށި ލަސްވެގެންދިޔައީއެވެ.

ނަމަވެސް އެޗްބީއޯ އިން މިވަނީ އޮގަސްޓު މަހުގެ ތެރޭގައި ޝޫޓިން ފެށޭނެ ކަމުގ އުފާވެރި ހަބަރު ދީފައެވެ.

ފްރެންޑްސް ގެ ކޯ ކްރިއޭޓާ އެއް ކަމަށްވާ މާޓާ ކައުފްމަން "ދަ ވްރެޕް" އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ރީޔުނިއަން އެޕިސޯޑު މަސައްކަތް ފެށުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިހާރު ސްޓޫޑިއޯ ވެސް ހުޅުވާފައިވާތީ އަމާޒަކީ އޮގަސްޓު މަހުގެ ތެރޭގައި ޝޫޓިން ފެށިގެން ދިއުން ކަމުގައި އޭނާ ބުނެފައިވެއެވެ.

ފްރެންޑްސް ސީރީޒްގެ 10 ސީޒަނެއް 1994 އަކާއި 2004 އާ ދެމެދު ދައްކާފައި ވާއިރު، މި ސީރީޒްގެ ފައިނަލް އެޕިސޯޑް ބެލި އެމެރިކާ މީހުންގެ އަދަދު 52.5 މިލިއަނަށް އަރަ އެވެ. އެއާއެކު މި ސީރީޒް ރޭންކް ކޮށްފައި ވަނީ ޓީވީގެ ތާރީހުގައި އެންމެ ގިނަ ބަޔަކު ބެލި އެއް ސީރީޒްއަށެވެ.

އެކުގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒްގައި މަޖާ އެކި ކަންތައްތައް ދައްކުވައިދިން އިރު ލޯބީގެ ކުލަތަކެއް ވެސް ފެނިފައިވެ އެވެ. މީގެ މުހިއްމު ރޯލްތައް ކުޅުނީ އެނިސްޓަނާއި މެތިއާ ކޯޓްނީ އާއި ލީޒާ ކުޑްރޯ އާއި މެޓް ލިބްލާންކްގެ އިތުރުން ޑޭވިޑް ޝްވިމާ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!