އިންތިހާބު ބާތިލްކުރަން ކޯޓަށް ދިޔަކަމަށް ބުނެ ފަތުރަނީ ދޮގެއް: އަދާލަތު

އަދާލަތު ޕާޓީގެ އިންތިހާބު ބާތިލް ކުރަން ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތައް އެ ޕާޓީން ދޮގު ކޮށްފިއެވެ.
އަދާލަތު ޕާޓީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅިގެން އަދާލަތުން ބުނީ އެއީ ދޮގު ހަބަރެއް ކަމަށާއި އެ ޕާޓީގެ ބަހެއް ހޯދުމެއް ނެތި ރިޕޯޓު ކުރުމަކީ ހިތާމަކުރާ އަދި ޕްރޮފެޝަނަލް ނޫސްވެރިކަން ކުރުން ނޫން ކަމަށެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގައި ވެސް ހިމެނޭ އަދާލަތު ޕާޓީގެ ރައީސަކަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ އިންތިހާބު ވެފައެވެ.
މިއިންތިހާބުގައި އިމްރާނާ ވާދަ ކުރެއްވީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ޢަލީ އެވެ.