Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ކުޅިވަރު

ލަލީގާގައި މި ސީޒަންގައި ޖެހި އެންމެ މޮޅު ގޯލާއިއެކު ބެންޒެމާ ރެއާލް މޮޅުކޮށްދީފި

ލަލީގާގައި މި ސީޒަންގައި ޖެހި އެންމެ މޮޅު ގޯލާއިއެކު ބެންޒެމާ ރެއާލް މޮޅުކޮށްދީފި

ސްޕެނިޝް ލަލީގާގައި މެދުކެނޑުމަކަށްފަހު ރެއާލް މެޑްރިޑް ކުޅުނު ދެވަނަ މެޗުން އެޓީމް މޮޅުވީ 3-0އިންނެވެ. ވެލެންސިޔާ އަތުން މޮޅުވެ ރެއާލްވަނީ ތާވަލްގެ އެއްވަނައިގައި އޮތް ބާސެލޯނާއާއި ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ހަނިކޮށްފައެވެ.

ވެލެންސިޔާ އަތުން މޮޅުވި މެޗުގައި ރެއާލް މެޑްރިޑުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ކަރިމް ބެންޒެމާއެވެ. މި ދެ ގޯލާއިއެކު އޭނާ ރެއާލް މެޑްރިޑަށް ޖެހި ގޯލްގެ އަދަދުވަނީ 243އަށް އަރާފައެވެ. މި އަދަދާއެކު ރެއާލްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ލިސްޓުގެ ފަސްވަނައަށް ބެންޒެމާ ވަނީ ޖެހިލާފައެވެ. އަނެއްކޮޅުން ވެލެންސިޔާ ކޮޅަށް ބެންޒެމާ ޖެހި ފަހު ގޯލަކީ މި ސީޒަންގައި ލަލީގާގައި ފެނުނު އެންމެ މޮޅު ގޯލްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

މެޗުގައި ރެއާލް މެޑްރިޑްގެ ދެވަނަ ލަނޑު ޖަހައިދިނީ މާކޯ އަސެންސިއޯއެވެ. މިއީ އޭނާ މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި ލިބުނު ފުރަތަމަ ބޯޅައިން ޖެހި ގޯލެކެވެ. މި ސީޒަން ފެށުމުގެ ކުރިން ލިބުނު އަނިޔާއެއްގެ ސަބަބުން މާކޯ އަސެންސިއޯ މި ސީޒަންގެ އެއްވެސް މެޗެއްގައި ރެއާއި ހަމަޔަށް ނުކުޅެއެވެ.

Advertisement
Allied — Dhen Online (box)

މެޗަށްފަހު ކޯޗު ޒައިނެދީން ޒިދާންވެސްވަނީ ބެންޒެމާގެ މޮޅު ކުޅުމަށް ތައުރީފުކޮށްފައެވެ.

"ބެންޒެމާ ޖެހި ގޯލު އާދަޔާ ހިލާފަށް މޮޅު. މަތިން އައި ބޯޅައެއް އެގޮތަށް ކޮންޓްރޯލްކޮށް ބޯޅަ މަތީގައި އޮއްވައި އެއް ފަހަރުން ގޯލަށްޖެހުމަކީ ވަރަށް ތަފާތު ހުނަރެއް،" ޒިދާން ބުންޏެވެ.

މި މެޗުގައި ރެއާލް މެޑްރިޑްގެ އެޑެން ހަޒާޑްވެސްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި ސީޒަންގެ ކުރީކޮޅު މާ އެދެވޭ ކުޅުމެއް ނުދެއްކުނު ހަޒާޑްވަނީ މެދުކެނޑުމަކަށްފަހު އަލުން ލަލީގާ ފެށިފަހުން މޮޅު ކުޅުމެއް ދައްކަމުންނެވެ. ކޯޗު ޒިދާންވެސްވަނީ އެކަން ފާހަގަކޮށް ހަޒާޑްގެ މިހާރު ދައްކާ ކުޅުމާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް