ދުނިޔެ

ޔަމަނުގައި ބަނޑުހައި ހޫނުކަމާއި ހަނގުރާމައާއި ކޮވިޑްގެ ސަބަބުން ފަސް މިލިއަން މުސްލިމު ކުޑަކުދިން ނިޔާވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ބަނޑުހައި ހޫނުކަމާއި، ފަގީރުކަމާއި، ހަނގުރާމަ އަދި ކޮވިޑް-19 ގެ ސަބަބުން ޔަމަނުގެ ފަސް މިލިއަނެއްހާ ކުޑަކުދިން ދެއަހަރު ތެރޭގައި ނިޔާވިކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

"ސޭވް ދަ ޗިލްޑްރަން" ފައުންޑޭޝަނުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 85،000 ކުޑަކުދިން 2018 ވަނަ އަހަރުގައި ވެސް ޔަމަނުން ވަނީ ނިޔާވެފައެވެ. އެރިޕޯޓުގައި ބުނެފައިވަނީ 2018 ވަނަ އަހަރުން 2020 ވަނަ އަހަރުގެ މިހާތަނަށް ފަސް މިލިއަނު ކުޑަކުދިން ޔަމަނުން ނިޔާވެފައިވާ ކަމަށެވެ.

ޓެލެގްރާފް ޔޫކޭ އިން ބުނެފައިވާ ގޮތުހައި އެއަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ޔަމަނުން ފަސް މިލިއަނަށްވުރެ ގިނަ މުސްލިމު ކުޑަކުދިން ވަނީ ނިޔާވެފައެވެ. ސަބަބަކަށް ވެފައިވަނީ އެޤައުމުގައި ކުރަމުން އަންނަ ހަނގުރާމައާއި، ފަގީރުކަމާއި، ބަނޑުހައި ހޫނުކަމުގެ އިތުރުން މިއަހަރު ފެތުރެން ފަށާފައިވާ ކޮވިޑް-19 އެވެ.

ދުނިޔޭގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާ ޔަމަނުގައި ވެސް ކޮވިޑް-19 ފެތުރިފައިވާއިރު، އެތަމުގެ ސިއްޙީ ހާލަތު ވަރަށް ދަށެވެ. ހުން ރަނގަޅު ކުރަން ދޭނެ ޕެރެސެޓަމޯލް ގުޅައެއްހާ ހިސާބުވެސް އެމީހުންނަށް ވަނީ ނުލިބިފައެވެ.

"އެތަނުގައި ދިރިއުޅޭ ކުޑަކުދިންނަށް އެއްފަހަރު ކާއެތިކޮޅެއް ލިބިއްޖެނަމަ އެދުވަހު ދެވަނަ ފަހަރަށް ކާއެތިކޮޅެއް ލިބޭނެ ކަމަކަށް އުންމީދެއް ނުކުރޭ" ސޭވް ދަ ޗިލްޑްރަން ފައުންޑޭޝަންގެ ސީއީއޯ ހެލް ތޯނިންގ ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!