ރިސޯޓު މުވައްޒަފުން ވެކްސިން ޖަހަން ރެޖިސްޓްރީ ވާން ހުޅުވާލައިފި

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮވިޑް-19 ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވާން ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިން ވަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ މީހުންގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވަން އެދިފައެވެ.
ބިދޭސީ މުވައްޒަފެއް ނަމަ ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ރެޖިސްޓްރީއަށް ބޭނުންވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ރެޖިސްޓްރީވާން ބޭނުން ވާ ފަރާތްތައް މައުލޫމާތު ފޮނުވަން ޖެހެނީ [email protected] އަށެވެ.
މި ލިސްޓުގައި ރިސޯޓުތަކުގެ މުވައްޒަފުންގެ އިތުރުން ސަފާރީ އާއި ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ރެޖިސްޓްރީ ވެވޭނެއެވެ.