ބޮޑުބެރުގެ އެންމެ އުހުގައި އޮތީ ފަތްމިނި ގްރޫޕުގެ "ދިވެހި ކަނބަލުންގެ ޝުއޫރު"!
ރާއްޖޭގެ އެންމެ ގިނަ މީހުން ބެލި ޔޫޓިއުބް ލަވައަކަށް އަންހެން ބޮޑުބެރު ގްރޫޕެއް ކަމަށް ފަތްމިނި ބޮޑުބެރު ގްރޫޕުގެ "ކަނބަލުންގެ ޝުކުރު" ވެއްޖެއެވެ.
މަޝްހޫރު ބޮޑުބެރު ގުރޫޕް ރާޅުގަނޑު ބޮޑުބެރު ގްރޫޕުގެ ލަވަ "ބާރަށް ދުއްވާ" ޔޫޓިބިއުބްގައި އެއް މިލިއަން ވިއުސް ހަމަކުރި ފުރަތަމަ ދިވެހި ލަވަ ކަމަށް ބުނެ "އަވަސް" ނޫހުގައި ޝާއިރުކުރި ލިޔުމަކާ ގުޅިގެން ފަތްމިނި ގްރޫޕުގެ މެމްބަރަކު ވަނީ އެކަމަާ ހިތްހަމަ ނުޖެހި މީސް މިޑިއާގައި ޝުއޫރުތައް ބަންޑުން ކޮށްލާފައެވެ.
އެ ގްރޫޕުގެ މެމްބަރެއް ކަމަށްވާ ރިޝްމާ ޒުބައިރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "ބާރަށް ދުއްވާ" ލަވަ އަކީ ވަރަށް މޮޅު ލަވައެއް ކަމަށާއި ނަމަވެސް އެއީ ރާއްޖޭގައި އެންމެ ފުރަތަމަ 1 މިލިއަން ވިއު ލިބުނު ލަވަ ނޫން ކަމަށެވެ.
"ފަތްމިނި ބޮޑުބެރު ގްރޫޕުގެ ލަވަ 'ކަނބަލުންގެ ޝުއޫރު' ވަނީ މީގެ ދެ ވަރަކަށް އަހަރު ކުރިން އެއް މިލިއަން ވިއުސް ހޯދާފައި. މިއަދު އެ ލަވަ 1.2 މިލިއަން މީހުން ބަލާފައިވޭ. އަހެން ބޮޑުބެރު ގްރޫޕުތަކެކޭ އެއްގޮތަށް އަހަރެމެންގެ މަސައްކަތް ވެސް ބަލައިގަންނަންވާނެ." ރިޝްމާ ބުންޏެވެ.
އޭނާ ބުނީ އެހެން ބޮޑުބެރު ގްރޫޕުތަކަށް ވުރެ ފަތްމިނި ބޮޑުބެރު ގްރޫޕު ފަހަތުގައި އޮތް ސަބަބަކީ އެއީ އަންހެން ގްރޫޕަކަށް ވުން ކަމަށެވެ.
ރިޝްމާ އިތުރަށް ބުނީ ބޮޑުބެރު ގްރޫޕުތަކުގެ މަސައްކަތް މީހުން ބަލައިގަންނާތީ ވަރަށް އުފާވާ ކަމަށާއި ނަމަވެސް ހަބަރެއް ފަތުރާއިރު ރަނގަޅަށް ދިރާސާކޮށްލުން މުހިންމު ކަމަށެވެ.