މިސްކިތްތައް ބަންދު ކުރަން މަޝްވަރާއެއް ނުކުރަން : އިސްލާމިކް މިނިސްޓްރީ
ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުން ދިޔުމާ ގުޅިގެން މިސްކިތްތައް ބަންދުކުރަން މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އިސްލާމިކް މިނިސްޓްރީން ދޮގު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާޙް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު އޮތްގޮތުގެ ސަބަބުން މިސްކިތްތައް ބަންދު ކުރަން މަޝްވަރާ ކުރަމުންދާ ކަމަށް އެމިނިސްޓްރީން ބުނެފައި ނުވާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް 19 ގެ ހާލަތު ގޯސްވެފައި ވުމާއެކު މިސްކިތްތައް ބަންދުކުރަން މަޝްވަރާ ކުރަމުން ދާކަމަށް އިސްލާމިކް މިނިސްޓަރީއިން ބުނެފައިވާ ކަމަށް އޮންލައިން ނޫހަކުން ވަނީ ބުނެފައެވެ.
އެޚަބަރު ދޮގު ކުރައްވާ އަފްރާޙް ވިދާޅުވީ އެއީ ރަނގަޅު ޚަބަރެއް ނޫން ކަމުގައެވެ.
"މިކޮޅުން އަޅުގަނޑު ބުނެފަ އިންނާނީ އަދި މަޝްވަރާއެއް ނުކުރެވެއޭ އެހެންނަމަވެސް އަބަދުވެސް މިކޮޅުން ދާނީ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން މުރާޖަޢާ ކުރަމުންނޭ. އަޅުގަނޑު ދެންނެވީ މިސްކިތްތައް ބަންދުކުރަން މަޝްވަރާ ކުރަމުން ނުދާ ކަމަށް" އަފްރާޙް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރޭ އަދަދުތައް އަނެއްކާވެސް އިތުރުވަމުން ދިޔުމާ ގުޅިގެން އަނެއްކާވެސް ކަމާ ބެހޭ ފަރާތްތަކުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރޭގަނޑު 8:30 ގެ ފަހުން މާލެ ސަރަޙައްދު (މާލެ/ވިލިމާލެ/ހުޅުމާލެ) ގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމުގެ އިތުރުން ރޭގަނޑު 11:00 ން ފަތިހު 4:00 އާއި ހަމައަށް ބޭރުގައި އުޅުން މަނަލެވެ. އޭގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ބޭރުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް ވެސް ވަނީ އަންގާފައެވެ
އެކަކަށް ވެސް މިސްކިތެއް ބަންދެއް ނުކުރެވޭނެ. އެއީ، މާތްﷲ ގެ