ދުނިޔެ

ނިއުޒިލޭންޑުގަައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގަޔަށް ބަޑިޖަހާ މަރައިލައިފި!

ދެން އެމްވީ ، ދެން އޮންލައިން

ނިއު ޒީލެންޑުގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގަޔަށް ބަޑިޖަހާ މަރާލާ، އެހެން ފުލުހެއް ޒަޚަމް ކޮށްލައިފިއެވެ.

Ads by Sosun Fihaara

އޫކްލޭންޑުގައި ހިނގި މިހާދިސާގައި އެދެފުލުހަށް ހަމަލާދީފައިވަނީ އާދައިގެ މަތިން ޓްރެފިކް ބަލަހައްޓަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ނިއު ޒީލޭންޑްގެ ބޮޑު ވަޒީރު ޖަސިންދާ އަރްދާން ވިދާޅުވެފައިވަނީ މިހިތާމަވެރި ހާދިސާއާއި ގުޅިގެން އުމުރުން 24 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާއަށް މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރެވޭނެ ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ ނުޤަވާއިދުން ދުއްވި ވެހިކަލެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ކަމަށް ނިއުޒިލެންޑް ފުލުހުން މައުލޫމާތު ދެއެވެ.

ބޮޑު ވަޒީރު ޖަސިންދާ ބުނެފައިވަނީ، ނިއު ޒިލޭންޑުގައި އާއްމުކޮށް އެފަދަ ހަމަލާތަކާއި ފުލުހުންނަށް ކުރިމަތިލާން ނުޖެހުމުގެ ސަބަބުން، އެޤައުމުގެ ފުލުހުން އަބަދު މަގުމަތީގައި ހަރަކާތްތެރިވަނީ ހަތިޔާރާއެކު ނޫން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!