ޚަބަރު

މަކްތަބާ ސަލަފިއްޔާއިން ރަޖިސްޓްރީ ނުކޮށް ސްކޫލް ހިންގާ: އިސްލާމިކް މިނިސްޓްރީ

ދެން އެމްވީ ، ދެން އޮންލައިން

މަކްތަބާ ސަލަފިއްޔާ ޖަމާއަތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ސްކޫލްތަކެއް ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

އިސްލާމިކް މިނިސްޓްރީން އޮފިޝަލަކު އޮންލައިން ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާންމު ފަރާތަކުން ހުށަހަޅައިގެން އެ މިނިސްޓްރީން ބެލިބެލުމުން މަކްތަބަ ސަލަފިއްޔާ އިން ތިން ސަރަހައްދެއްގައި ސްކޫލު ހިންގަމުން އަންނަ ކަމަށެވެ. އެ ސްކޫލުތަކަކީ ރަޖިސްޓާކޮށްގެން ހިންގާ ތަންތަނެއް ނޫން ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މިނިސްޓްރީން ބަލަމުން ދަނީ އެ ޖަމިއްޔާގެ ބަހަށް ހެއްލި ކުދިންތަކެއް ސްކޫލަށް ނުފޮނުވާ ކަމަށް ހުށަހެޅިފައިވާ މައްސަލައަކާއި، ރަޖިސްޓްރީނުކޮށް އެ ޖަމިއްޔާއިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ސްކޫލް ހިންގަމުންދާ މައްސަލައެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަން ދޮގުކޮށް މަކްތަބާ ސަލަފިއްޔާ އިން ބުނެފައިވަނީ މަކްތަބާ ސަލަފިއްޔާގެ ފަރާތުން ސްކޫލެއް، މަދަރުސާއެއް އަދި ޓިއުޝަން ސެންޓަރެއްވެސް ހިންގަމުން ނުގެންދާ ކަމަށާ އިސްލާމިކް މިނިސްޓްރީގެ އެ ވާހަކަތަކުން ބަރީއަވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!