ދުނިޔެ

ރޮހިންޔާ މުސްލިމުންގެ ކޭމްޕްތަކުގައި ފެން ބޮޑުވެ، ދަރިން ކޮނޑުމައްޗަށް ލައިގެން ބެލެނިވެރިން ނުނިތާ ތިބޭތާ އެތައް ދުވަހެއް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމަށްވާ، ބަނގްލަދޭޝްގައި ހުންނަ ރޮހިންޔާ މުސްލިމުން ދިރިއުޅޭ ކޭމްޕް ތަކުގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން އެބަދެއެވެ. ތޮއްޖެހިފައިވާ ކޭމްޕްގައި ބެހެއްޓޭނެ އެންމެ ރަގަޅަކަށް ގައިދުރުކަން ބަހައްޓަމުން ދިޔަ ނަމަވެސް މިއީ ވިއްސާރަ މޫސުންކަމުން އެއްވެސް ކޮންޓްރޯލެއް ނެތި މިބަލި އަންނަނީ ގިނަ ބަޔަކަށް ޖެހެމުންނެވެ.

Ads by Sosun Fihaara

މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ މި ކޭމްޕްތަކުގައި ކުރިންވެސް ދިރިހުރުމާ މަރާއި ދެމެދު ހަނގުރާމަ ކުރަމުންދިޔަ މީހުނަށް ކޮވިޑް-19 ވީ ލިބުނު އިތުރު ވޭނަކަށެވެ. ވިއްސާރަވުމުގެ ސަބަބުން ކޭމްޕްތަކުގައި ފެންބޮޑުވެ މައިންބަފައިންގެ ކޮނޑުމަތީގައި ދަރިން ބައިތިއްބައިގެން ނުނިދާ ކޮޅަށް ތިބޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ކޭމްޕްގެ މީހުން ވަނީ އަލްޖަޒީރާއަށް މައުލޫމާތު ދީފައެވެ.

މިޙާލުގައި ތިއްބާ މި ކޭމްޕްތަކުގައި ކޮވިޑް-19 ފެތުރި ގިނަ ބައެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށައެޅިފައެވެ.

މިދިޔަ މޭމަހު މެދެތެރޭގައި މި ކޭމްޕްތަކުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސް ފެނުމާއި އެކު ޔޫ.އެންގެ ފަރާތުން އަންނަނީ އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީ ގާއިމް ކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ތަނުގެ ބައިބޯކަމުން އަދިވެސް ގިނަ ބަޔަކަށް މީހުނާއި ދުރުގައި އުޅުމަށްވަނީ ބޮޑެތި ގޮންޖެހުން ކުރިމަތިވެފައެވެ. އަދި ބަލި ފެތުރެން ފެށުމާއި އެކު އެހީދިނުމުގައި މަސައްކަތް ކުރާ 80 އިންސައްތަ މީހުންވަނީ މަސައްކަތުން ދުރުވެ ރައްކާތެރިކަން އިޚްތިޔާރުކޮށްފައެވެ. ނަމަވެސް ރެފިއުޖީންގެ ހިމާޔަތަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަން އަންގާ އުއްމީދު އާކޮށްދިނުމަށް، ކުރެވެމުން މަސައްކަތުގެ ތަފްސީލް ރޮހިންޔާ މީހުންގެ ބަހުން ރެކޯޑްކޮށް، ބައިސްކަލެއްގައި މެގަފޯން ހަރުކޮށް މުޅި ކޭމްޕަށް އިއްވުމަށް ކޭމްޕްތަށް ވަށާ ދުއްވާ ހެދުމަށް އެކަކު ޚާއްސަ ކުރެވިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!