މުނިފޫހިފިލުވުން

ކަރީނާގެ މޫނު ދޮންކޮށް ބެހެއްޓުމުގެ ސިއްރު ހާމަކޮށްފި

ކަރީނާ ކަޕޫރު ޚާން އަކީ ކުޅަދާނަ ބަތަލެއްގެ އިތުރުން ރީތިކަމަށްވެސް މަގުބޫލު ތަރިއެކެވެ. އެގޮތުން ދާދި ފަހުން ކަރީނާ ވަނީ އޭނާގެ މޫނު ރީތކޮށް އުޖާލާކޮށް ބެހެއްޓުމުގެ ސިއްރު ހާމަކޮށްފައެވެ.

އަގުބޮޑެތި ފޭސްމާސްކުތަކާއި ޕްރޮޑަކްޓު ތަކުގެ ބަދަލުގައި ކަރީނާ އޭނާގެ މޫނުގައި ބޭނުން ކުރަނީ ގޭގައި ތައްޔާރުކޮށްލެވޭ ފޭސް ޕެކެކެވެ. މިއީ ކަރީނާ އަށް އޭނާގެ ރަހުމަތްތެރިއެއްގެ ފަރާތުން ލިބުނު ފޭސްޕެކް ރެސިޕީ އެއް ކަމުގައި އޭނާ ބުނެފައިވެއެވެ.

މި ފޭސްޕެކް ތައްޔާރުކޮށްލަން ނުހަނު ފަސޭހައެވެ. އެގޮތުން މި ޕެކް ތައްޔާރުކޮށްލަން ބޭނުންނަމަ ދެ މޭޒުމަތީ ސަމުސާ ކެލާ ޕައުޑާ (ސޭންޑަލްވުޑް) އަށް ދެ ތިކި ވިޓަމިން އީ އެޅުމަށްފަހު ކުޑަ ރީނދޫ ކޮޅެއް އަޅާލާށެވެ. އަދި ކްރީމް ޕޭސްޓަކަށް ވަންދެން ކިރުފޮދެއް އެޅުމަށްފަހު މޫނުގައި ހާކާލާށެވެ. މި ޕެކް އުނގުޅުމަށްފަހު މޫނުގައި 20 މިނަޓު ވަންދެން ބަހައްޓާލަން ޖެހޭއެވެ.

އެހެންކަމުން ކަރީނާ ކަހަލަ ރީތި މޫނެއް ބޭނުން ނަމަ މި ފޭސް ޕެކް ގެ އަޖުމަ ބަލައިލުން ކިހިނެއް ވާނެހެއްޔެވެ؟

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!