ދުނިޔެ

އުމުރުން 11 އަހަރުގެ އަލީ: ޕްލޭސްޓޭޝަނެއް ނުގަނެ އެފައިސާ ހަދިޔާކުރީ ފަގީރު ކުދިންގެ ތަޢުލީމަށް އެހީތެރިވުމަށް!

ދެން އެމްވީ ، ދެން އޮންލައިން

މޮޅެތި ތަކެއްޗާއި ޚާއްސަ ކުޅޭ އެއްޗެހި ހޯދުމަކީ ކޮންމެ ކުޑަކުއްޖަކު ވެސް ބޭނުންވާނެ ކަމަކެވެ.

Ads by Sosun Fihaara

ނަމަވެސް ކެރަލާއަށް އުފަން މުޙައްމަދު އަލީ ތަފާތެވެ. އެހާ ޒުވާން އުމުރެއްގައި ވެސް އޭނާ އަމިއްލަ އުފަލަށްވުރެ އިސްކޮށް ނެގީ ފަގީރުންނަށް އެހީތެރިވުމެވެ.

އަލީ ގެ އުފަން ދުވަހަށް އޭނާ އެންމެ ބޮޑަށް ބޭނުންވީ އެންމެ ފަހުގެ އަގުބޮޑު ޕްލޭސްޓޭޝަނެކެވެ. އަލީގެ އެހުވަފެން ހަގީގަތަކަށް ހަދާދިނުމަށްޓަކައި އޭނާގެ ބައްޕަ އަންސިފް އަޝްރަފް ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އަލީގެ އުފަން ދުވަސް އައުމުގެ ކުރިން އަންސިފް ވަނީ ދަރިފުޅަށްޓަކައި ޕްލޭސްޓޭޝަނެއް ގަނެދިނުމަށް ފައިސާ އެއްކުރަން ފަށާފައެވެ. އަލީގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ކޮންމެ މަހަކުހެން އޭނާގެ ބައްޕައައީ ފައިސާ ޖަމާކުރަމުންނެވެ. އެގޮތުން ފުދޭވަރަކަށް ގިނައިން ފައިސާ އެއްވިއެވެ.

ނަމަވެސް ބަރަކާތްތެރި ރަމަޟާންމަހު، ބައްޕައާއެކު ފަގީރުންނަށް އެހީތެރިވެ ޞަދަޤާތް ކުރުމުގައި އަލީ ވެސް ބައިވެރިވުމުން އެކުޑަކުޑަ ހިތަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ޞަދަޤާތް ކުރަނީ ކީއްވެތޯ އަލީ ސުވާލު ކުރުމުން، ޗުލިކަލްގެ ވިޔަފާރިވެރިއަކު އަލީ ގާތު ބުނީ އެއީ އަމިއްލައަށް ކާބޯތަކެތި ގަނެވޭނެ ތަނަވަސްކަމެއް ނެތް ފަގީރުންނަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އެދުވަހަށްފަހު، އަލީގެ ހިތުގައި ފަގީރުންނަށްޓަކައި ވަނީ ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިފައެވެ. އަދި އޭނާގެ އުފަންދުވަހު ޕްލޭސްޓޭޝަނެއް ގަންނަން އަލީގެ ބައްޕަ އެއްކުރި ފައިސާއިން ފަގީރު ކުޑަކުދިންގެ ކުދިންގެ ތަޢުލީމަށް އެހީތެރިވެ ދިނުމަށް އަލީ އެދުނެވެ.

މިއީ ކޮވިޑްގެ ދުވަސްކޮޅު ކަމަށްވާތީ، ސްކޫލްތަށް ބަންދުކޮށްފައިވީ ނަމަވެސް، އިންޑިއާގައި ވެސް ދަރިވަރުންނަށް ކިޔަވާދެނީ އިންޓަނެޓާއި ޓީވީ މެދުވެރިކޮށެވެ.

އެހެންކަމުން ޕްލޭސްޓޭޝަނެއް ގަންނަން އެއްކުރި ފައިސާއިން ދެ ޓީވީ އާއި އެއް ޓެބްލެޓް އަލީ އެކުދިންނަށްޓަކައި ހަދިޔާ ކުރިއެވެ. އަދި އޭނާގެ ސަބަބުން އިންޑިއާގެ އެހެން ބައެއް މީހުންވެސް މިހާރު އަންނަނީ އެފަދަ ކުދިންނަށް އެހީތެރިވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!