ދުނިޔެ

ދުނިޔޭގެ އެންމެ ފުރަތަމަ އަންހެން "ނިގާބީ" ޕައިލެޓު ކެޕްޓަން ޝެހެނާޒް ލަގާރީ

ދެން އެމްވީ ، ދެން އޮންލައިން

ބުރުގާ އަޅައިގެން ތިބޭ މީހުން، ޚާއްސަކޮށް މޫނު ބުރުގާ އަޅާފަ ތިބޭ މީހުންނަކީ، ދުނިޔޭގެ ގިނަ ތަންތަނުގައި ބާކީކޮށް ރަނގަޅު ފުރުސަތު ވެސް ނުދީ ތިބޭ ބައެކެވެ. ބައެއް މީހުން ދެކޭ ގޮތުގައި ބުރުގާ ނުވަތަ މޫނު ބުރުގާ އަޅައިގެން ތިބޭ މީހުންނަށް މަތީ ފުރުސަތުތައް ދެވިގެން ނުވާނެއެވެ.

Ads by Sosun Fihaara

ކަން މިހެން ހުރި ނަމަވެސް، ދުނިޔޭގެ މަދު ޤައުމެއްގައި މިފަދަ ތަފާތުކުރުންތަށް ނުގެންގުޅޭކަން ވެސް އުފަލާއެކު ފާހަގަ ވެއެވެ. މިއީ ވެސް އެފަދަ ވާހަކައެކެވެ.

މިއީ ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ ކެޕްޓަން ޝެހެނާޒް ލަގާރީ އެވެ. އޭނާ އަކީ ދުނިޔޭގެ އެންމެ ފުރަތަމަ ނިގާބީ (މޫނު ބުރުގާ އެޅި) ޕައިލަޓެވެ.

ކެޕްޓަން ޝެހެނާޒް ކުރަނީ ހަމައެކަނި ޕައިލަޓުކަން އެކަންޏެއް ނޫނެވެ. އޭނާއަކީ ފިލަންތްރޮޕިސްޓް ސޯޝަލް ވޯކަރެއްގެ އިތުރުން ޕޮލިޓިޝަނެކެވެ. އަންހެނުންގެ ޙައްޤުތަކަށް އެދި ގޮވާލާފައި ޕާކިސްތާނުގައި އޭނާވަނީ އަޑުއުފުލާފައެވެ.

އަންހެނުންނަށް ވެސް އަދި ވަކިން ޚާއްސަކޮށް މޫނު ބުރުގާ އަޅައިގެން އުޅޭ އަންހެނުންނަށް ވެސް ކެޕްޓަން ޝެހެނާޒަކީ ވަރަށް ރީތި މިސާލެކެވެ.

ތިން ދަރިންގެ މަންމައެއް ކަމުގައިވިޔަސް ކެޕްޓަން ޝެހެނާޒް އަންނަނީ ހުރިހާ ޒިންމާއެއް ވެސް އެންމެ ފުރިހަމައަށް އަދާކުރަމުންނެވެ.

މޫނު ބުރުގާ އަޅައިގެން މަތިންދާބޯޓެއް ދުއްވި އެންމެ ފުރަތަމަ އަންހެން މީހާގެ ގޮތުގައި، ކެޕްޓަން ޝެހެނާޒް ލަގާރީ ގެ ނަން "ޖިނަސް ބުކް އޮފް ވޯލްޑް ރިކޯޑު" ގައި ވެސް ވަނީ ލިޔެވިފައެވެ. އަދި އެފޮތުގައި ޕާކިސްތާނުގެ ފަރާތުން އަދި މިހާތަނަށް ނަން އިނީވެސް ހަމައެކަނި ކެޕްޓަން ޝެހެނާޒް ގެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!