މުނިފޫހިފިލުވުން

އެނގޭތަ؟ އަކްޝޭ ކުމާރު މިހާރު ދިރިއުޅެނީ މީގެ 32 އަހަރު ކުރިން އޭނަ ބޭރު ކޮށްލި ތަނުގައި!

ދެން އެމްވީ ، ދެން އޮންލައިން

ފިލްމު އިންޑަސްޓްރީ އާއި މަޝްހޫރުކަމުގެ ދުނިޔެއަކީ ބައެއް ފަހަރު ވަރަށް މަޖާ ދާއިރާއެކެވެ.

Ads by Sosun Fihaara

އެއްވެސް މަޝްހޫރުކަމެއް ނެތް، މީހުންނަށް ނޭނގޭ އާއިލާއަކުން ދާއިރާއަށް ނިކުންނަން އުޅޭ މީހަކު ހުންނަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބާކީ ކޮށްލާފައެވެ. ނަމަވެސް ކޮންމެވެސް އެއް ގޮތަކުން އެމީހަކަށް ކުރީ ސަފަށް އާދެވިއްޖެނަމަ، މީހުންނަށް އެވަރެއް ނެތެވެ. ކޮންމެ މީހަކުވެސް އެމީހަކާއެކު ފޮޓޯ ނަގާ، އެންމެ ކުޑަމިނުން އެމީހުން ކޮށްފައި ހުންނަ ޕޯސްޓަކަށް "ލައިކް" އެެއްހާ ހިސާބުވެސް ދިނުމަށް އެދެއެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އެންމެ ފާހަގަ ވެފައިވަނީ އޭނާ ކުޅެފައިވާ އެކްޝަން ރޯލުތަކުންނެވެ. ފިލްމީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް، އޭނައަށް އަދި ބޮލީވުޑުން އެންމެ އެވޯޑެއް ވެސް ލިބިފައެއް ނުވެއެވެ. ނަމަވެސް ޓެލެވިޒަން ސީރީޒެއްގައި މަސައްކަތް ކުރި ފުރަތަމަ އަހަރުގައި ވެސް އަކްޝޭއަށް އެވޯޑެއް ލިބިފައިވެއެވެ.

އަކްޝޭ އާއި މެދު ބައެއް މީހުން ޢަމަލު ކޮށްފައިވާ ގޮތްތަށް ކިޔައިދެމުން އޭނާ ބުނީ، އޭނާ މިހާރު ދިރިއުޅެނީ މީގެ 32 އަހަރު ކުރިން އޭނަ ނެރެލި ބިލްޑިންގު ގައި ކަމަށެވެ.

އެވާހަކަ ކިޔައިދެމުން އަކްޝޭ ބުނީ ދާއިރާއަށް ވަންނަން ބުރަ މަސައްކަތްތަކެއް ކުރި ކަމަަށާއި އެގޮތުން އެންމެ ފުރަތަމަ އޭނާ މަސަައްކަތް ކުރީ ފޮޓޯގްރާފަރެއްގެ އެސިސްޓަންޓެއްގެ ގޮތުގައި ކަމަށެވެ.

އަކްޝޭ އެމަސައްކަތް ކޮށްދިނީ ފައިސާއަކަށް ނޫނެވެ. މުސާރައިގެ ބަދަލުގައި ހަމައެކަނި ބޭނުންވީ ފޮޓޯޝޫޓެކެވެ. އެެއީ ފިލްމު އޯޑިޝަންތަކަށް ގޮސް ދެއްކުމަށެވެ.

ޖޫހޫގައި ހުރި ޕްރައިވެޓް ބަންގަލޯއަކަށް އެމީހުން ދިޔައީ އަކްޝޭގެ ފޮޓޯޝޫޓަކަށެވެ. ނަމަވެސް 3-4 ފޮޓޯ ނެގިތަނުން އެތަނުގެ މަސައްކަތު މީހާ އެމީހުން އެތަނުން ބޭރުކޮށްލި ކަމަށް ބުންޏެވެ. އަކްޝޭ ބުނި ގޮތުގައި އެބަންގަލޯރަކީ އެހެން މަޝްހޫރު ފިލްމީތަރިން ވެސް އެމީހުންގެ ޝޫޓިންގަށާއި ފޮޓޯ ނެގުމަށް ވެސް ގޮސް އުޅުނު ތަނެކެވެ.

"މިއީ ރާވައިގެން ކުރި ކަމެއް ނޫން. އެކަމަކު އަހަރެން މިހާރު މިދިރިއުޅެނީ އެއިރު އަހަރެން ބޭރުކޮށްލި ތަނުގައި. އެބަންގަލޯގެ އެއް ފަޅީގައި އައު އިމާރާތެއް އެޅި. އަހަންނާއި އަހަރެންގެ އާއިލާ ދިރިއުޅެނީ އެއިމާރާތުގައި" އިންޓަވިއުއެއްގައި އަކްޝޭ ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!