މުނިފޫހިފިލުވުން

އަހަރެންގެ ސަޕޯޓަރުން ކައިރިން އެދެނީ ސުޝާންތުގެ ސަޕޯޓަރުންނާއި އެކުގައިވުމަށް އަދި ހަޑިހުތުރު އެއްޗެހި ނުގޮވުމަށް: ސަލްމާން ޚާން

ދެން އެމްވީ ، ދެން އޮންލައިން

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެ ބޮލީވުޑްގެ ސުޕާސްޓާ ސަލްމާން ޚާން އަށް ތުހުމަތު ކުރި ފަހުން ފުރަތަމަ ފަހަރަށް ސަލްމާން އެކަމާއި އެއްޗެއް ބުނެފިއެވެ.

Ads by STELCO

ނަމަވެސް ސުޝާންތަށް ދެރަ ބަހެއް ސަލްމާން ޚާން ނުބުނުމެ އިތުރުން އޭނާ ބުނީ އެންމެން ވެސް ސުޝާންތަށް ސަޕޯޓު ކުރުމަށެވެ.

ސަލްމާން ޚާން އާއި ވެސް ދެކޮޅަށް ވަރަށް ގިނަ ބަޔަކު ވާހަކަ ދައްކަމުން ދިޔަނަމަވެސް، އޭނާގެ ދިފާއުގައި ވާހަކަ ދައްކާ އޭނަގެ ސަޕޯޓަރުން ވެސް އަދިވެސް އެބަތިއްބެވެ.

އެގޮތުން ޓްވިޓާގައި އިއްޔެ ސަލްމާން ޚާން އޭނާގެ ސަޕޯޓަރުން ކައިރިން އެދިފައިވަނީ ސުޝާންތުގެ ސަޕޯޓަރުންނާއެކު ވުމަށާއި، ސުޝާންތުގެ ސަޕޯޓަރުންނާއި ދިމާލަށް ހަޑިހުތުރު އެއްޗެހި ނުކިމަށެވެ.

"ވިސްނެން ވާނެ އެއުޅެނީ އެމީހުންގެ ގާތް މީހަކު، އެމީހުން ވަރަށް ލޯބިވާ މީހަކު ވަކިވުމުން އެކަމުގެ ހިތާމައިގައިކަން. އަހަރެން އެދެނީ ސުޝާންތުގެ ފޭނުންނާއި ދިމާލަށް އެއްވެސް ހަޑިހުތުރު އެއްޗެއް ނުކިޔުން، އަދި ސުޝާންތުގެ ފޭނުންނާއެކުގައިވުމަށް" ސަލްމާން ޚާން ބުނެފައިވެއެވެ.

ސުޝާންތު ސިންގް ރާޖްޕޫތު މަރުވެފައި ހުއްޓާ ފެނިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު، ބާންޑްރާ ގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭނާ މަރުވީ އަމިއްލައަށް ކަމަށް މުމްބައީ ފުލުހުން ނިންމާފައިވީ ނަމަވެސް، މަރުގެ ތަހުގީގު އަންނަނީ ކުރަމުންނެވެ.

ސުޝާންތު މަރުވީ ނަފްސާނީ ބަލިމަޑުކަމެއްގައި އުޅެމުން ކަމަށާއި އޭނާގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެ ސަލްމާން ޚާން ގެ އިތުރުން ފިލްމު ޕްރޮޑިއުސަރުން ކަމަށްވާ ކަރަން ޖޯހަރާއި، އެކްތާ ކަޕޫރް އަދި ސަންޖޭ ލީލާ ބަންސާލީ އަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ. އިތުރު ހަތަރު މީހަކަށް ވެސް އެތުހުމަތު ކޮށްފައިވާއިރު، އެއީ ކޮން ބައެއްކަން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!