ޚަބަރު

ﷲއަށް ހަމްދުހުރި، އިތުރު 15 މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 15 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by MWSC

މި 10 މީހުންނާއެކު، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1803 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 16 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި، ބަންގްލަދޭޝްގެ ހަތް މީހަކާއި އިންޑިއާ މީހެއް ކަމަށެވެ.

މި 16 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2203 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 387 މީހަކަށެވެ.

މި ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!