ދުނިޔެ

ކޮރޯނާ ވައިރަސް އަށް ޑޮނަލްޑް ޓްރަމްޕް އާ ނަމެއްދީފި! "ކަންގް ފްލޫ"

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެއަށް ކޮރޯނާ ވައިރަސް ފެތުރުމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ޗައިނާ ކުށްވެެރި ކޮށްފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޓްރަމްޕް ވަނީ މިބައްޔަށް މިހާރު އާ ނަމެއް ވެސް ދީފައެވެ. އެގޮތުން މިބައްޔަކީ މީގެފަހުން "ކަންގް ފްލޫ" ކަމަށް ޑޮނާލްޑް ޓްރަމްޕް ބުނެފައިވެއެވެ.

އެމެރިކާގައި ބޭއްވުމަށް ތައްޔާރުވަމުންދާ ރިޔާސީ އިންތިހާބަށް ތައްޔާރުވުނުގެ ގޮތުން އޮކަހޯމާ ޓަލްސާގައި ޓްރަމްޕް ބުނީ އޭނާއަށް އެބައްޔަށް ކަންގް ފްލޫ ކިއިދާނެ ކަމަށެވެ.

"އަހަންނަށް ކިއިދާނެ ކަންގް ފްލޫ އޭ. އަހަރެން ބޭނުމިއްޔާ އަހަންނަށް މިބައްޔަށް ކިއިދާނެ އިތުރު 19 ނަމެއް ވެސް. ބައެއް މީހުން ބުނޭ މިއީ ވައިރަހެކޭ. ތެދެއް އެއީ. އަހަރެން ކިޔާނީ ކަންގް ފްލޫ" ޓްރަމްޕް ބުނެފައިވެއެވެ.

"ކަންގް ފޫ" އަކީ ޗައިނީޒް މާޝަލް އަކަށް ކިޔާ ނަމެކެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންނަށް ބަލާއިރު، އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާ އިންނެވެ. އެގޮތުން އެމެރިކާއިން 2.2 މިލިއަން މީހުން ކޮރޯނާ ވައިރަސް ޖެހިގެން އެޤައުމުން މަރުޗެފައިވާ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެއެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!