Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
މުނިފޫހިފިލުވުން

ގަމު ގެއެއްގެ ފުރާޅުމަތީގައި އޮތް ބަކައްޓަކަށް ގިނަ ބައެއްގެ ސަމާލުކަން

ގަމު ގެއެއްގެ ފުރާޅުމަތީގައި އޮތް ބަކައްޓަކަށް ގިނަ ބައެއްގެ ސަމާލުކަން

ލ. ގަމު ގެއެއްގެ ފުރާޅުމަތީގައި އޮތް ބަކައްޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މިއަދު ހެނދުނު މީހަކު މީސް މީޑިއާ ގައި އާންމުކުރި ވީޑިއޯ އަކުން ފެންނަނީ ބަކައްޓެއް ގެޔެއްގެ ފުރާޅުމަތީގައި އޮންނަ ތަނެވެ. ގިނަ ބަޔަކު ވަނީ މި ވީޑިއޯ ބަލައި ޝެއާ ކޮށްފައެވެ.

Advertisement
Allied Insurance — Square (box)

ބަކައްޓަކީ އާންމުކޮށް ރާއްޖޭގައި އުޅޭ އެއްޗަކަށް ނުވި ނަމަވެސް ކޮންމެވެސް ވަރަކަށް ރާއްޖޭގައި ވެސް ބަކަރި ގެންގުޅެއެވެ. އަދި ތަފާތު އެކި އެކި މުނާސަބަތު ތަކާ ގުޅުވައިގެން ބަކަރި ވިއްކައި ކަތިލުމަކީ ވެސް މިހާރު އާންމުވަމުން އަންނަ ކަމެކެވެ.

ދިވެހިންނަކީ އަބަދުވެސް ތަފާތު ކަންތައްތަކަށް ސަމާލުކަން ހުއްޓޭ ބަޔަކަށްވާއިރު މިކަން ވެސް ވެގެންދިޔައީ ވަރަށް މަޖާ ކަމަކަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް