ޚަބަރު

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި

ދެން އެމްވީ ، ދެން އޮންލައިން

ވައްތަރު މީހެއްގެ ޕާސްޕޯޓް ހިފައިގެން ޝަހުޞު އޮޅުވާލައިގެން ރާއްޖެއެތެރެވާން އުޅުނު ބިދޭސީ ފިރިހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

Ads by MWSC

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވަނީ ރާއްޖެ އެތެރެވާން މަސައްކަތްކުރި 53 އަހަރުގެ ބިދޭސީއެއްކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އިމިގްރޭޝަނުން ބުނީ އެމީހާގެ ޕާސްޕޯޓުގެ ބައެއް މަޢުލޫމާތު ނަކަލުކޮށްފައިވާކަމަށެވެ.

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 6 މީހަކު މިއަހަރުތެރޭ މިހާތަނަށް އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ. މި މީހުން ހިފެހެއްޓުމަށްފަހު އިމިގްރޭޝަނުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެވާ މީހުން ހުއްޓުވުމާއި، އެކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށް، ދާދި ފަހުން ކަސްޓަމްސްއާއި، އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ސައިންސް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ގުޅިގެންވަނީ ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ފިންގާ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއާތައް ހިމަނާ ސިސްޓަމް އަޕްގްރޭޑު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!