ޚަބަރު

ޑރ. ވަހީދަށް މިރޭ ޕީޕީއެމް އިން ހާއްސަ މަގާމެއް ދެނީ

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ހާއްސަ މަގާމެއް ދިނުމަށް ނިންމަވައިފިއެވެ. އެކަމަށްކަޓަކައި މިރޭ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމަވާފައެވެ.

Ads by Sosun Fihaara

މިރޭ އޮންނަ ކައުންސިލް ބައްދަލުވުމުގައި ޑރ. ވަހީދަށް އަރުވާނެ މަގާމެއް ނިންމާނެ ކަމަށް ވަނީ ެނގިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ޑރ. ވަހީދަށް އެރުވުމަށް މަޝްވަރާ ކޮށްފައިވަނީ އެޑްވައިޒަރުގެ މަގާމެވެ.

ކައުންސިލް ބައްދަލުވުމަށްފަހު، މިރޭ 9:00 ގައި ނޫސްވެރިންގެ ބައްދަލުވުމަކަށް ވެސް ވަނީ ދައުވަތު ދީފައެވެ. ކައުންސިލް ބައްދަލުވުމުގެ ނިންމުން ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރާނެ ކަމަށް ބެލެވެއެވެ.

ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން އޭރު ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު ވެރިކަމަށް ވަޑައިގަތުމަށްފަހު ވެރިކަމުގެ ބާކީ ދެއަހަރު ފުރިހަމަ ކުރެއްވައި އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރެއްވި އެވެ. އެ އިންތިހާބުގެ ފުރަތަމަ ފުރަތަމަ ބުރުގައި ފަސް ޕަސަންޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނަމަވެސް ސްޕްރީމް ކޯޓުން އެފަހަރު އިންތިހާބު ބާތިލު ކުރި އެވެ.

އެފަހުން އެމަނިކުފާނު ސިޔާސީ ހަރަކާތްތަކުގައި ނޫޅުއްވި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އަމިއްލަ ޕާޓީ ދޫކޮށްލައްވައި ޕީޕީއެމްއަށް ސޮއި ކުރައްވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!