މުނިފޫހިފިލުވުން

ފިޓްފާޒިލްގެ ނަސީބުވެރިއަކަށް ޝަރުމީލާވުން، ރާވައިގެން ކުރިކަމެއްބާ؟

ދެން އެމްވީ ، ދެން އޮންލައިން

އިންސްޓަގްރާމްގައި މިހާތަނަށް މީހަކު ދިން އެންމެ އަގުބޮޑު އެއް ގިވްއަވޭ އަކީ "ފިޓްފާޒިލް" އިން ދިން ގިވްއަވޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

Ads by STELCO

އެގިވްއަވޭގެ ނަސީބުވެރިއަކަށް މިމަހުގެ 20 ވަނަ ދުވަހު އައިޝަތު ޝަރުމީލާ ހޮވާފައިވާއިރު އެނަތީޖާއާއި ދޭތެރޭ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެގޮތުން ޝަރުމީލާގެ އެކައުންޓަކީ ފާޒިލް އަމިއްލައަކަށް އުފައްދައިގެން އުޅޭ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ބުނެފައިވަނީ "ޝަރުމީލާ" އެޕޯސްޓުގައި ޓެގު ކޮށްފައިވަނީ ވެސް އެންމެ މީހަކަށް ކަމަށާއި އެއީ އަސްލު އައިޑީ އަކަށް ނުވުމުން ގިނަ އެކުވެރިން ވެސް ނެތީމަ ކަމަށެވެ.

މީގެއިތުރުން ބައެއް ފަރާތްތަކުން ބުނެފައިވަނީ "ޝަރުމީލާ" އެއައިޑީ ދަންނަންތޯ އެހެން މީހުން ކައިރީ އެހުމުން ވެސް އޭނާ ދަންނަ އެކަކުވެސް ނެތް ކަމަށާއި ފާޒިލް އެންމެ ނަސީބުވެރިއެއް ހޮވާތީ ވެސް ޝައްކު އުފެދުނު ކަމަށެވެ.

ކޮންމެހެނަކަސް މިފަދަ ކަމެއް ފާޒިލް ކުރިނަމަ މިއީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. އަދި މިއީ އާއްމުންގެ ނުރުހުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެސް ވާނެ ކަމެކެވެ.

"ފިޓްފާޒިލް" ގިވްއަވޭގައި ހަދިޔާއެއްގެ ގޮތުން "ދީފައިވަނީ" އެޕަލް ބްރޭންޑުގެ މެކްބުކާއި، މެޖިކް ކީބޯޑާއި، ޓްރެކްޕެޑާއި އެއާޕޮޑަކާއި، އައިފޯނު އެކްސްއެސް މެކްސް އަކާއި އައިފޯނު ދެ ކަވަރުގެ އިތުރުން ވިކްޓޯރިއާ ސީކްރެޓުގެ ގިފްޓް ޕެކެކެވެ. މީގެ އިތުރުން ވިކްޓޯރިއާ ސީކްރެޓުގެ ޓޯޓާއި، ގިއޯޖީ އަރްމާނީ ގެ ރަތް ކްލަޗާއި، ޗެނަލް ކޮކޯ ގެ ގިފްޓް ޕެކެއް ވެސް ހިމެނެއެވެ. އަދި ގޫޗީ ޕާފިއުމް ގިފްޓް ޕެކެއްގެ އިތުރުން ވެސް ޑިއޯ ލިޕް ގްލޯ ބާމް އާއި ޑިއޯ ޖޯއީ ސެންޓު ފުޅިއެއްގެ އިތުރުން ޑިއޮ ބްރޭންޑޫގެ ހަތަރު ލިޕްސްޓިކާއި ގިވެންޝީ ބޭގް އެއްވެސް ދިންކަމަށް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!