ޚަބަރު

ފޯނަކާއި ޓެބްލެޓެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާފަންނުގެ ގެއަކުން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މާފަންނު ގެއަކަށް ވަދެ އެގޭ ސިޓިންގރޫމުގައި ބާއްވާފައި އޮތް ފޯނަކާއި ޓެބްލެޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް މީހަކު ހޯދަމުން އަންނަ ކަމަށެވެ. އަދި ހޯދަމުން އަންނަ އެމީހާގެ ފޮޓޯ ފުލުހުންވަނީ އާއްމުކޮށްފައެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރު ދަންނަވާފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!