ވަންނާނެ ތަނެއް ނެތް މީހުންނަށް ބޯކޮށައިދޭ މީހަކަށް ގިނަ ބައެއްގެ ތައުރީފް

އެމެރިކާގެ ކެލިފޯނިއާގެ އަވަށެއްގައި ގެދޮރު ނެތް ފަގީރުންނަށް ހިލޭ ބޯކޮށައިދީ ރީތިކޮށްދޭ މީހަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ޖޭސަން ޝްނީޑްމަން ނަމަކަށް ކިޔާ މީހާ ގަބޫލުކުރާ ގޮތުގައި އެންމެ ބޯ ކޮށުމަކުން މީހާގެ ދިރިއުޅުން ބަދަލު ކޮށްލެވިދާނެއެވެ. އަދި މި ސަބަބަށްޓަކައި އޭނާވަނީ ތެމެންސްގްރޫމާ ނަމަކަށް ކިޔާ ޖަމިއްޔާއެއް އުފައްދާފައެވެ.
މި ޖަމިއްޔާގެ ފަރާތުން މިފަދަ ހާލުގައި ޖެހިފައި ތިބޭ ފަރާތްތަކަށް ހިލޭ ބޯކޮށައިދީ ތުނބުޅި މަތިމަސް ވެސް ރީތިކޮށް ކޮށައި، މޭކްއޯވާ އެއް ދެއެވެ.
މި ޖަމިއްޔާގެ ފަރާތުން މިހާތަނަށް ބޮޑެތި ތިން ސިޓީއެއްގައި ވަނީ މި އިންތިޒާމު ހަމަޖައްސާފައެވެ. އެއީ ވެނިސް، ކެލިފޯނިއާ އަދި މީގެ އިތުރުން ލޮސް އެންޖެލެސްއެވެ.
މި މީހާ ދީފައިވާ ބައެއް މޭކްއޯވާތައް ހިއްސާކޮށްފައިވާއިރު، މި މީހުން ކުރަމުން އަންނަ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފް ވަނީ އަމާޒުވެފައެވެ.