ދުނިޔެ

ކޮވިޑް-19: ބަލިހާލު ދެރަ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން މަސައްކަތް ނުކޮށްފާނެ- ސައިންސްވެރިން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ހަނގުރާމަ ކުރުމަށް އުފައްދާ ވެކްސިން ބަލިހާލު ދެރަ އުމުރުން ދުވަސްވީ މީހުންނަށް މަސައްކަތް ނުކޮށްފާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ސޭޖް ސައިންޓިފިކް ސަބް ގްރޫޕް ނާރވްޓެގްގެ އިމްޕީރިއަލްއަށް ނިސްބަތްވާ ޕްރޮފެސަރ ޕީޓަރ އޯޕަންޝޯ، ހައުސް އޮފް ލޯޑް ސައިންސް އެންޑް ޓެކްނޮލޮޖީ ކޮމިޓީގައި ވިދާޅުވީ ބަލިހާލުދެރަ އުމުރުން ދުވަސްވީ މީހުންނަށް މިވެކްސިން މަސައްކަތް ނުކޮށްފާނެ ކަމަށް ލަފާ ކުރެވޭތީ، އެފަދަ މީހުންގެ ކައިރީގައި އުޅޭ އެހެން މިހުންނަށް، މިސާލަކަށް ކުޑަ ކުދިންނަށް، މި ވެކްސިން ދިނުން ބުއްދިވެރި ކަމަށެވެ.

"ބައެއް ފަހަރު އެމީހަކަށް ފަަރުވާއެއް ދެވެން ނެތް ނަމަ، އެމީހެއްގެ ކައިރީގައި ދެން ތިބި މީހުންނަށް ފަރުވާ ދިނުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައިވޭ. މިސާލަކަށް ބުނާނަމަ، އިންފްލުއެންޒާ ފަދަ ބަލިތައް ޖެހުމުން އެއިރުން ރައްކާތެރި ކޮށްދޭ" ޕްރޮފެސަރ އޯޕަންޝޯ ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ ކުޑަކުދިން މިފަދަ ބަލިތަކުން ސަލާމަތް ކުރުމަށް އިނގިރޭސިވިލާތުގައި މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި، އެގޮތުން ކުޑަކުދިންނަށް ރޯގާ ޖެހުމުން އެކުދިންގެ ނޭފަތަށް އަޅަންދޭ ބޭހުގެ ސަބަބުން ވެސް އެކުދިންގެ ކާފައާއި މާމައަށް ވެސް އެބަލިތައް ޖެހުމުން ރައްކާތެރި ކޮށްދޭ ކަަމަށެވެ.

ކުޑަކުދިންގެ އިތުރުން ޕްރޮފެސަރ އޯޕަންޝޯ ވިދާޅުވީ ދެން މިވެކްސިން އެންމެ ފުރަތަމަ ވެސް ބޭނުންކުރުން އެންމެ ރަނގަޅުވާނީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ، ޚާއްސަކޮށް ބަލިމީހުންނާއި އެންމެ ގާތުން މަސައްކަތް ކުރާ މީހުން ކަމަށެވެ.

އެފަދަ މީހުންގެ ދިފާއީ ނިޒާމު ވެސް ވަރުގަދަ ކޮށްފިނަމަ، އުމުރުން ދުވަސްވީ ހާލުދެރަ މީހުންނަށް ކޮވިޑް ގެ ވެކްސިން މަސައްކަތް ނުކުރި ކަމުގައިވިޔަސް، އެމީހުންނަށް ބަލިޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަވާނެ ކަމަށް ޕްރޮފެސަރ ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!