މުނިފޫހިފިލުވުން

ފާޒިލް ދެއްކި "ޝަރުމީލާ" ގެ ފަރުދާގެ ފުރަގަހުގައިވަނީ ކާކުބާ؟

ދެން އެމްވީ ، ދެން އޮންލައިން

"ފިޓްފާޒިލް" ތަޢާރަފްކުރި ގިވްއަވޭގެ ނަސީބިވެރިއެއްގެ ގޮތުގައި ހޮވުނު އައިޝަތު ޝަރުމީލާތައް މިހާރު ގިނަވެއްޖެއެވެ.

Ads by Sosun Fihaara

"ޝަރުމީލާ" ގެ ފަރުދާގެ ފުރަގަހުގައިވަނީ އަސްލު ކާކުތޯ ގިނަ ބަޔަކު ސުވާލު ކުރަމުންދާއިރު، އެއްވެސް ހާލެއްގައި މިބުނަނީ މޫނު ބުރުގާ އަޅައިގެން ހުންނަ ކުއްޖެއްގެ މޫނު ދެއްކުމަކަށް ނޫނެވެ.

ނަމަވެސް މީސްމީޑިއާގައި މިހާރު "ޝަރުމީލާ" ތައް ގިނަ ވެއްޖެއެވެ.

އެއްބަޔަކު ބުނި ގޮތުގައި މޫނު ނިވާކޮށްގެން އެވީޑިއޯއާއި ފޮޓޯތަކުގައި އިނީ، ފާޒިލްގެ ލޯބިވެރިޔާ އެވެ.

އަނެއްބަޔަކު އެންމެ ގަދަޔަށް އެމީހުންގެ މޮޅު ތަހުގީގާއި ތިއަރީގައި ބުނެފައިވަނީ، "ޝަރުމީލާ" ގެ ނިޤާބް އަޅައިގެން އިނީ ފެޝަން ޑިޒައިނަރ/މޭކަޕް އާޓިސްޓް/ އެކްޓާރ ޙުސެއިން ޝަދްޔާން (ސޭންޑީ) އެވެ. ސޭންޑީ ވަނީ އެއީ އޭނާ ނޫންކަމަށް ބުނެ ފޭސްބުކްގައި އެތުހުމަތުތަކަށް ރައްދުވެސް ދީފައެވެ.


ކޮންމެހެނަކަސް މިހާރު އެހެން "ޝަރުމީލާ" އެއް ވެސް ފާޅުވެއްޖެއެވެ.

މީސް މީޑިއާގެ ބައެއް ޕޯސްޓުތަކުގައި ބުނާ ގޮތުން ނަމަ "ޝަރުމީލާ" އަކީ ފާޒިލްގެ ގާތް މީހެއް ކަމަށްވާ "ފާތިނާ" އެވެ.

އެޕޯސްޓުގައި ބުނެފައިވަނީ މޫނު ނިވާކޮށްގެން ހުރި މީހާއާއި ފާތިނާ ގެ ލޯ ވެސް އެއްގޮތް ކަމަށެވެ. އަދި ފާތިނާގެ ގެކަމަށް ފެންނަ ފޮޓޯއެއްގެ ބެކްގްރައުންޑް އަށް ބަލާއިރު، އެއީ މޫނު ބުރުގާ އެޅި "ޝަރުމީލާ" އަށް އިނާމު ދިން ގެކަން ވެސް ހާމަވާ ކަމަށެވެ.

ކޮންމެހެނަކަސް "ޝަރުމީލާ" ތައް އިންތިހާއަށް ގިނަވެއްޖެއެވެ. ފާޒިލްގެ ގިވްއަވޭ އަކީ އަސްލެއް ނޫން ކަމަށް ގިނަ ބަޔަކު ދެކުމުގެ ސަބަބުން މިހާރު ކަންތައް ގޮސްފައިވަނީ ހަގީގަތުގައި "ޝަރުމީލާ" ނަމަކަށް ކިޔާ މީހުންނަށް ވެސް ދުއްތުރާއަކަށްވެ، އެމީހުންގެ އަމިއްލަ ނަން ބަދަލު ކުރާ ހިސާބަށް ކަންނޭނގެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!