ލައިފްސްޓައިލް

ވިދާ ތަކެއްޗަށް ފޯރި ހުންނަ މީހަކު ނިތްކުރީގައި ތަތްކުރީ އަގުބޮޑު ޖަވާހިރެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެކި މީހުން ޝައުޤުވެރިކަން ހުންނާނީ އެކި ކަންކަމަށެވެ. ބައެއް މީހުން އެކި ކަހަލަ ގަހަނާއާއި ރީތިވާ ސާމާނަށް ފޯރި ހުންނައިރު، އަނެއް ބަޔަކު އެފަދަ ތަކެތި އެމީހުންނާ ވީހާވެސް ގާތުގައި ބަހައްޓަން ބޭނުންވެއެވެ.

Ads by MWSC

އެމެރިކާގެ ރެޕަރ އެއް ކަމަށްވާ ސައިމަރ ބައިސިލް ވުޑްސް (ލިލް އޫޒީ ވާޓް) އަކީ މިފަދައިން ވިދާ ތަކެއްޗާއި ޖަވާހިރާއި ގަހަނާއަށް ފޯރި ހުންނަ މީހެކެވެ. ލިލް އޫޒީ ބޭނުން ވަނީ އެތަކެތި ވީހާވެސް ބޮޑަށް އޭނާގެ ކައިރީގައި، ފަސޭހައިން ފެންނާނެ ފަދައިން ބަހައްޓާށެވެ.

ލިލް އޫޒީ އެފަދަ އެއްޗެއްސަށް ފޯރި ހުންނަވަރުން، 24 މިލިއަން ޑޮލަރުގެ އަގުބޮޑު ޖަވާހިރެއް ގަނެފައި، އެ ޖަވާހިރު ތަތްކުރީ އޭނާގެ ނިތް ކުރީގައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ލިލް އޫޒީއަށް މި ޖަވާހިރު ހަދައިދީފައިވަނީ، އޭނައަށް އެންމެ ކަމުދާ ގަހަނާ ހަދާ ޑިޒައިނަރ އެލިއޮޓް އެލިއަންޓޭ އިންނެވެ.

ދާދި ފަހުން ލިލް އޫޒީ ވަނީ އޭނަގެ މޫނަށް ގެނައި ބަދަލު އިންޓަނެޓުގައި އާންމުކޮށްފައެވެ. ނިތްކުރި ތޮރުފާފައި، ނިތް ކުރީގައި ޖަވާހިރެއް ތަތް ކޮށްފައި ހުރުމުން އެކަމާ އެތައް ބަޔަކު ވަނީ ހައިރާންވެ، އޭނާއަށް ފާޑު ވެސް ކިޔާފައެވެ.

"ރީތި ކަމަކީ ވޭނާއެކު ލިބޭ ކަމެއް" މީސް މީޑިއާގައި އޭނަގެ ފޮޓޯއާއި ވީޑިއޯތައް އާންމު ކުރަމުން އުމުރުން 26 އަހަރުގެ ލިލް އޫޒީ ލިޔެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!