އިންޑިއާގައި ކޮވިޑް ކޮންޓްރޯލް ނުވެ، ސިފައިން މަގުތަކަށް
އިންޑިއާ ގައި ކޮވިޑް19 ކޭސްތައް އިތުރުވެ، ކޮންޓްރޯލް ނުވުމާއެކު ބަލި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ސިފައިން ނުކުމެއްޖެއެވެ.
މިއަދު އެކަނި ވެސް އިންޑިއާ އިން ވަނީ 15,968 އިތުރު މީހުނަށް ވައިރަސް ޖެހި 465 މީހުނ ްމަރުވެފައެވެ. އެއާއެކު މިއަދު ވެގެން ގޮސްފައިވަނީ މިހާތަނަށް އެއް ދުވަހު އެންމެ ގިނަ މީހުނަށް ބަލި ޖެހުނު ދުވަހަށެވެ.
ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވުމާއެކު، ސިއްހީ ހިދުމަތްތެރިން މަދުވެ، އިންޑިއާ ސިފައިން ވަނީ ބަލި މީހުނަށް އެހީވުމަށް ނިކުމެފައެވެ. އެގޮތުން ދިއްލީ ގައި އަލަށް އެޅި 10،000 އެނދުގެ ކޮވިޑް ފެސިލިޓީގައި ވެސް ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އިންޑިއާ ގައި ޖުމްލަ 13400 ހޮސްޕިޓަލު އެނދު ކޮވިޑަށް ހާއްސަކޮށްފައިވާއިރު އޭގެތެރެއިން 6200 އެނދު ވަނީ ފުލް ވެފައެވެ.
އަންނަ ހަފްތާގައި ސިފައިން ގެ ހޮސްޕިޓަލް ގެ ހުޅުވުމާއެކު މިއަދަދު 33,400 އަށް އިތުރުވެގެންދާނެއެވެ.
އިންޑިއާ ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް 550,000 މީހުނަށް ބަލި ޖެހި 150,000 ހޮސްޕިޓަލް އެނދު ބޭނުންވާނެއެވެ.