Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ސަމާލުވޭ! ހޫނު މޫސުމުގައި ކާރުތެރޭގައި ހޭންޑް ސެނިޓައިޒަރ ބަހައްޓާނަމަ އަލިފާނުގެ ހާދިސާއެއް ހިނގާފާނެ!

ސަމާލުވޭ! ހޫނު މޫސުމުގައި ކާރުތެރޭގައި ހޭންޑް ސެނިޓައިޒަރ ބަހައްޓާނަމަ އަލިފާނުގެ ހާދިސާއެއް ހިނގާފާނެ!

ހޫނު މޫސުމުގައި ކާރު ތެރޭގައި އެލްކޮހޯލް އެކުލެވިގެންވާ ހޭންޑް ސެނިޓައިޒަރ ބަހައްޓާނަމަ، އަލިފާނުގެ ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ކަމަށް އެންއެޗްއެސް އިން އިންޒާރުދީފިއެވެ.

އެންއެޗްއެސް އިން މިފަދައިން އިންޒާރުދީފައިވާއިރު، އިނގިރޭސިވިލާތަށް ކުރިއަށް މިއޮތް ދުވަސްތަކުގައި ހޫނު މޫސުން އައުން އެކަށީގެންވާ ކަމަށް އެޤައުމުގެ މޫސުމާއިބެހޭ އިދާރާއިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ބައެއް ކަންކޮޅުތަކަށް 30 ޑިގްރީސް ސެލްސިއަސްއަށް ހޫނު މިން އަރާފާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.

އެންއެޗްއެސް އިން ބުނިގޮތުގައި މިފަދައިން އިންޒާރު ދީފައި މިވަނީ ބޭރުގައި އުޅުމުގެ ހުއްދަ މިހާރު އިނގިރޭސިވިލާތުގައި ވެސް އޮތުމުން، ހޫނު މޫސުމުގައި ބީޗަށް ދާއިރު ވެސް ހޭންޑް ސެނިޓައިޒަރ ފުޅި ހިފައިގެން ގޮސް ކާރުތެރޭގައި އެފުޅި ބަހައްޓާފާނެތީ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ހޭންޑް ސެނިޓައިޒަރ ގައި ހުންނަ އެލްކޮހޯލް ގެ ސަބަބުން ހޫނު މޫސުމުގައި، ޚަރުތެރޭގައި އެބަހައްޓައިފިނަމަ ހުޅު ހިފާފާނެ. އެހެންކަމުން މިފަދަ މޫސުމެއްގައި ރައްކާތެރިވެ ތިބުމަށާއި ކާރުތެރޭގައި ހޭންޑް ސެނިޓައިޒަރ ފުޅި ނުބަހައްޓަން އިލްތިމާސް ކުރަން" އެންއެޗްއެސް ގެ ބަޔާނުގައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް