ދުނިޔެ

ކޮވިޑް-19: އިންޑިއާގައި އެންމެ ގަދަޔަށް މިބަލި ފެތުރުނީ މިއަދު! 15413 މީހުން ފައްސި!

ދެން އެމްވީ ، ދެން އޮންލައިން

އަވަށްޓެރި އިންޑިއާގެ ނިއުދިއްލީގައި އެއްދުވަސް ތެރޭ 15413 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާގޮތުގައި މިއަދަދާއިކު މިހާރު ނިއު ދިއްލީ ގައި މިބައްޔަށް ފައްސިވީ މީހުންގެ އަދަދު މިވަނީ މުމްބައީ އަށްވުރެ އިތުރު ވެފައެވެ.

ކޮވިޑް އާއި ގުޅިގެން އިންޑިއާ ވެސް ފުރަބަންދު ކުރިނަމަވެސް، ފަހުން އެޤައުމުގައި ހަމައެކަނި ފުރަބަންދުކުރީ ބަލި އެންމެ ގަދަޔަށް ފެތުރެމުން އަންނަ ސަރަހައްދުތަކެވެ. އެގޮތުން ދެކުނު ބެންގާލް ސަރަޙައްދު އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ވަނީ ފުރަބަންދު ކޮށްފައެވެ.

އިންޑިއާގެ މުމްބައީ އިން މުޅިއަކު މިބަލި ޖެހިފައިވަނީ 69،625 މީހުންނަށެވެ. ނަމަވެސް ނިއުދިއްލީގައި ބައްޔަށް ފައްސިވީ ޖުމްލަ މީހުންގެ އަދަދު މިހާރު 70،390 އަށް އެރުމުން ދިއްލީ ވެފައި މިވަނީ އިންޑިއާގައި ކޮވިޑް އެންމެ ގަދަޔަށް މިވަގުތު ފެތުރިފައިވާ ސްޓޭޓަށެވެ.

ދިއްލީގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ގެއިން ގެއަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އެސްޓޭޓްގެ ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!