ދުނިޔެ

ފިރިމީހާއަށް ބޭނުންވާނެ ކަންކަން ފުއްދައި ދިނުމަށް މެލޭޝިއާ އަންހެނަކު އޭނަގެ ފިރިމީހާއަށް ދެވަނަ އަނތްބަކު ހޯދައިދިން!

ދެން އެމްވީ ، ދެން އޮންލައިން

ގިނަ އަނބިން އެމީހުންގެ ފިރިން އެހެން މީހަކާއި ހިއްސާ ކުރަން ބޭނުން ނުވުމުގެ އިތުރުން އެހެން އަންހެނަކާއި އެމީހުންގެ ފިރިން އަނގައިން ބުނަން ވެސް ނޭދޭނެ ބައެކެވެ.

Ads by Sosun Fihaara

ގިނަ އަނބިން އެމީހުންގެ ފިރިން އެހެން އަންހެނަކާއި އެކުވެރިކަން ވެސް ބާއްވަން ބޭނުމެއް ނުވާނެއެވެ. އެމީހުން ދެކޭނީ އެއެކުވެރިންނަކީ އެދެމަފިރިންގެ ކައިވެންޏަށް ހުރި ބިރެއްގެ ގޮތުގައެވެ.

ނަމަވެސް މެލޭޝިއާގެ ރައްޔިތެއް ކަމުގައިވާ ޚުޒާތުލް އާތިޤާ އެހެންް އަނބިންނާއި ތަފާތެވެ.

ޚުޒާތުލް ވަނީ އޭނާގެ ފިރިމީހާ ނުވެސް ބުނަނީސް، އަމިއްލައަށް އޭނާގެ ފިރިމީހާއަށްޓަކައި ދެވަނަ އަނތްބެއް ހޯދައިދީފައެވެ.

މެލޭޝިއާގެ ޝާޙް އާލަމްގައި ދިރިއުޅޭ ސާމުއީލް ޒުލް އަށް އޭނާގެ އަނބިމީހާ ޚުޒާތުލް ދެވަނަ އަނތްބެއް ހޯދައޮދިނީ، އެދެމަފިރިންގެ ދަރިއަކަށް ޚުޒާތުލް ބަލިވެ އިނުމުންނެވެ.

އޭނާ ބުނެފައިވަނީ ބަލިވެ އިނުމުުގެ ސަބަބުން އޭނާ ވަރަށް ބަލިވި ކަމަށާއި އެހެންކަމުން ފިރިމީހާގެ ކަންކަން ކޮށްދިނުމަށް ދަތިތަކަކާއި ކުރިމަތިވި ކަމަށެވެ. މީގެއިތުރުން ގޭތެރޭގެ ކަންކަން ވެސް އޭނާއަށް ނުކުރެވުމުގެ ސަބަބުން، އޭނާގެ ފިރިމީހާ ވަޒީފާ ނިންމާފައި ގެއަށް އައިސް ވަރުބަލި ކަމުަގައިހުރެ ގޭތެރޭގެ ކަންކަން ވެސް ކުރަމުން ދިޔަ ކަމަށް ޚުޒާމަތުލް ބުންޏެވެ.

އެހެންކަމުން ޚުޒާމަތުލް ބޭނުންވީ ހުރިހާ ކަމެއްގައި ފިރިމީހާއަށް އެހީތެރިވެދޭނެ އަދި ފިރިމީހާއަށް އަޅާލާ އޯގާތެރިވާނެ އަނތްބަކު އޭނާއަށް ހޯދައި ދިނުމަށެވެ.

ސާމުއީލް ވެސް ދެވަނަ އަނތްބަކު ހޯދުމާއި ދެކޮޅު ނުހެދުމުން، އޭނާއަށް ޓަކައި ނޫރް ފާތިނާ ކިޔާ އެކަނިވެރި މައެއް ހޯދައިދިނީ ޚުޒާމަތުލް އެވެ.

ޚުޒާމަތުލް ގެ އެއެދުމުގެ ވާހަކަ ފުރަތަމަ އިވިފައި ނޫރު ފާތިނާ ވެސް ހައިރާންވިއެވެ. ނަމަވެސް ފަހުން އެކައިވެނި ކުރަށް އޭނާވެސް އެއްބަސްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!