ޚަބަރު

ރައީސް ޔާމީނަށް ފާޑު ކިޔާ ފަރާތްތަކަށް ޑރ.ޝަހީމް: ''ތިޔަ ކުރަނީ އިރަށް ކުޅު ޖެހުންފަދަ ކަމެއް"

ދެން އެމްވީ ، ދެން އޮންލައިން

ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމަށް ފާޑު ކިޔާ ފަރާތްތަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

ރައީސް ޔާމީންގެ ޒަޢާމަތުގައި ހިންގެވި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ހިޔާ މަޝްރޫޢަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ވެރިކަންކުރާ ކޯލިޝަނުން ކިޔަމުންދާ ފާޑުތަކަށް ރައްދު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ މިއަދުގެ މިޙާލަތުގައި ވެސް ﷲ ގެ ރަޙުމަތުން ބަނޑަށް ނުޖެހި މިތިބީ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ޚަޒާނާ އިތުރުވެ 900 މިލިއަން ޑޮލަރު ހުރުމުން ކަމަށާއި މިހާރު ބާކީ ހުރީ 200 މިލިއަން ކަމަށެވެ.

ރައީސް ޔާމީންގެ އަގު ވައްޓާލަން އެހާވަރަށް މަސައްކަތް ކުރަނީ ކީއްވެތޯ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ،ޝަހީމް ވަނީ ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ޒަޢާމަތުގައި ހިންގެވި އެންމެ ބޮޑެތި ޕްރޮޖެކްޓްތައް ކަމަށްވާ ބުރިޖާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން ދިރިއުޅުމަށް އައި ބަދަލުތަކާއި މިޙާލަތުގައި ވެސް އެކަންކަމުން ކުރާ ފައިދާ ޑރ.ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ.

''ރައީސް ޔާމީން ރާއްޖޭގެ ކަންކޮޅުތަކުގައި ވަރުގަދަ ހޮސްޕިޓަލްތައް އަޅުއްވާފަ ހުރީމަ ، ﷲގެ ރަޙުމަތުން މި ކާރިސާގައި ދިވެހިން މި ހިފަހައްޓާލަމުން ދަނީ ، ޑޮކްޓަރުންނަށް ކިޔަވައިދީފައި ތިބީމަ، ނޭޕާލަށް އެކަނި ވެސް 20 އާއި 25 ދެމެދުގެ އަދަދެއްގެ ޑޮކްޓަރުން ފޮނުއްވި ސުޕެޝަލައިޒްވާން ، މިއަދު އެތިބީ ޚިދުމަތުގައި" 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވި ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.

ސިނަމާލޭގެ ބުރިޖުގެ މަސައްކަތަށް ތަޢުރީފް ކުރައްވާ ޝަހީމް ވިދާޅުވީ އެ ބުރިޖްގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް އައިސްފައިވާ ކަމަށެވެ.

'' ރައީސް ޔާމީން އެޅުއްވި ބުރިޖުން ދިވެހިންގެ އިޖުތިމާޢީ ދިރިއުޅުމަށް އިންގިލާބެއް އައީ ، ރައީސް ޔާމީންގެ އަގު ވައްޓާލަން ތިޔަ ކުރާ މަސައްކަތްތަކަށް ކާމިޔާބެއް ނުލިބޭނެ ، އެމަނިކުފާނުގެ ޚިދުމަތް އެހުރީ ފެންނަން ، ''ތިޔަ ކުރަނީ އިރަށް ކުޅު ޖެހުންފަދަ ކަމެއް".'' ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!