ޚަބަރު

މިމަހުގެ 28 ން ފެށިގެން ސްކޫލްތައް ހިމެނޭ ސަރަޙައްދުގައި ހުންނަ އުޅަނދުތައް ޓޯވ ކުރަނީ!

ދެން އެމްވީ ، ދެން އޮންލައިން

އަންނަ މަްހުގެ 1 ގައި ސްކޫލްތައް އަލުން ހުޅުވަން ހަމަޖެހިފައިވުމާއި ގުޅިގެން، އެސަރަޙައްދުތަކުގައި ޤަވާއިދާއި ޚިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯވ މިމަހުގެ 28 ގެ ފަހުން ޓޯވ ކުރެވޭނެ ކަމަށް ޓްރެފިކް އަންގައިފިއެވެ.

Ads by STELCO

ޓްރެފިކް ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޖުލައި 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވަން ހަމަޖެހިފައިވާތީ ސްކޫލް ހިމެނޭ ސަރަޙައްދުތަކާއި އެސަރަޙައްދުތަކާއި ގުޅިފައި ހުންނަ ސަރަޙައްދުތަކުގައި ޤަވާއިދާއި ޚިލާފަށް ހުންނަ އުޅަނދުތައް 28 ޖޫން 2020 އިން ފެށިގެން ޓޯވ ކުރަމުން ގެންދާނެ ކަމަށެވެ.

ކޮވިޑް:19 ރާއްޖޭގައި ވެސް ފެތުރެމުން ދިޔުމާއި ގުޅިގެން މާލެ ސަރަޙައްދަށް އިއުލާނު ކުރި ފުރަބަންދުގައި ސްކޫލްތައް ވެސް ވަނީ ބަންދުކޮށް، ޓެލިކިލާސް މެދުވެރިކޮށް މިދިޔަ ދުވަސްތަކުގައި ކިޔަވާ ދީފައެވެ.

ނަމަވެސް މިހާރު ފުރަބަންދަށް ދީފައިވާ ލުއިތަކާއެކު އަންނަ މަހުގެ 1 ވަނަ ދުވަހު އަލުން ސްކޫލްތައް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!