ޚަބަރު

ހަރުކަށި ފިކުރުގެ ގައިދީން ވަކި ޔުނިޓަކަށް ބަދަލުކުރަނީ!

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ދެމަސް ދުވަސް ތެރޭގައި ހަރުކަށި ފިކުރުގެ ގައިދީން ވަކި ޔުނިޓަކަށް ބަދަލު ކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހާޒިރު ކުރުމުން މިނިސްޓަރ އިމްރާން ވދާޅުވީ ކުރިން ހަރުކަށި ފިކުރުގެ ގައިދީން ވެސް ބައިިތިއްބާފައި ތިބެނީ އެހެން ގައިދީންނާއި ވެސް އެކު، އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށާއި ނަމަވެސް މިހާރު އެމީހުންނާއި އެހެން މީހުން ވަކި ކުރެވޭނެ އެންމެ ބޮޑަކަށް ވަކި ކޮށްފައިވާ ކަމަށެވެ.

"އަދި މިހާރު މިދަނީ ޖަލުގައި އެފަދަ ފަރާތްތައް ބައިތިއްބާނެ ހާއްސަ ޔުނިޓެއް އަޅަމުން. ކޮވިޑް19 ގެ ސަބަބުން މަޑުޖެހިފައި ނޫނީ ތަންކޮޅެއް ލަސްވެގެން ދިޔައީ، ނޫން ނަމަ މީގެ މަހެއްހާ ދުވަސް ކުރިން ޔުނިޓު ނިމި، އެތަނަށް މީހުން ބަދަލުކުރެވޭ ގޮތަށް ޕްލޭން ކޮށްގެން މަސައްކަތް ކުރަމުން ދިޔައީ،" ހޯމް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ އިމްރާން ވިދާލުވީ މިހާރު މިއޮތް ހާލަތުގައި ކުރިއަށް ދާނަމަ ކުރިއަށް އޮތް ދޮޅުމަސް ނުވަތަ ދެމަސް ދުވަހު ތެރޭގައި އެޔުނިޓުގެ މަސައްކަތް ނިންމާ އެޔުނިޓަކަށް ހަރުކަށި ފިކުރުގެ ގައިދީން ބަދަލު ކުރެވޭނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!