ޚަބަރު

ބިދޭސީންތަކަކަށް 7 މަހުގެ އުޖޫރަ ނުދީގެން ހުޅުމާލޭގައި އިހުތިޖާޖު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ބިދޭސީން ތަކަކަށް 7 މަސް ދުވަހުގެ އުޖޫރަ ނުދީގެން ހުޅުމާލޭގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ.

Ads by Sosun Fihaara

ހުޅުމާލޭގައި ގިނަ އަދަދެއްގެ ބިދޭސީން އިހުތިޖާޖު ކުރަމުންދާއިރު އެއީ ކޮން ކުންފުންޏަކަށް މަސައްކަތްް ކުރާ ބިދޭސީންތަކެއް ކަމެއް އަދި އެނގިފައެެެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގައި އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއްގެ ބިދޭސީ މުވައްޒިފުންތަކެއް، އެކުންފުންޏާއިމެދު ހުރި ހިތްހަމަ ނުޖެހުންތައް ފާޅުކުރަމުންދާ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެތަނުގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، އެކުންފުނިން އެމީހުންނާއި ވާހަކަ ދައްކައިގެން އެމައްސަލަ ހައްްލު ކުރުމަށް މަސައްކަތް ކުރަމުންްދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!