Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އައްޑޫސިޓީގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކުރި މީހާގެ މައްޗަށް ދައުވާ ކުރަން ހުށަހަޅައިފި

އައްޑޫސިޓީގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކުރި މީހާގެ މައްޗަށް ދައުވާ ކުރަން ހުށަހަޅައިފި

އައްޑޫސިޓީ މީދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕަބްލިކް ޕްރޮސެކިއުޓާ އަޙުމަދު ޝަފީޢު މިއަދު މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޕަބްލިކް ޕްރޮސެކިއުޓާ ކުރެއްވި އިއުލާނެއްގައި ބުނެފައިވަނީ މިކުށުގައި ދައުވާ އުފުލަން ހުށަހަޅާފައިވަނީ ސ. މީދޫ ޕްރިމްރޯސް މުޙައްމަދު ސިމްހާން (30އ.) ގެ މައްޗަށް ކަމަށެވެ.

ސިމްހާންގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލް ޤާނޫނުލްޢުޤޫބާތުގެ 230 ވަނަ މާއްދާގެ ދަށުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ކުށުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުހެ ދަޢުވާއާއި، ޖިންސީ ކުށުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ.

Advertisement
Allied — Dhen Online (box)

އުމުރުން 65 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގައި ސިމްހާން ހައްޔަރު ކޮށްފައިވަނީ މިއަހަގު މެއި މަހުގެ 29 ވަނަ ދުވަހުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް