ޚަބަރު

ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރާ ގޮނޑިތައް ކަނޑައެޅުން މާދަމާ

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރާ ގޮނޑިތައް މާދަމާ ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގައި ސިޓީތަކުގެ އިންތިހާބީ ދާއިރާތަކުގެ ތެރެއިން އަންހެން މެންބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތުލުން އަންނަ ބުދަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ.

ްްއިލެކްޝަންސް ކޮމިޝަނުން ވަނީ ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުން ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އޮންނާނެ ގޮތް އާންމު ކޮށްފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ 6 ގޮނޑި ހިމެނޭއިރު، އައްޑޫސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ 4 ގޮނޑި ހިމެނެއެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ 2 ގޮނޑި ހިމެނެއެވެ.

ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު އާބާދީގައި 3000 މީހުންނަށް ވުރެ މަދު މީހުން ތިބޭ ރަށްރަށުގައި އިންތިހާބު ކުރާނީ 5 ކައުންސިލަރުންނެވެ. އިންތިހާބު ކުރާ 5 ކައުންސިލަރުންގެ ތެރެއިން 2 ގޮނޑި އަންހެނުންނަށް ހާއްސަ ވާން ޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!