ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު 5 ފުލުހަކު ވަޒީފާއިން ވަކި ކޮށްފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނި 5 ފުލުހަކު ވަޒީފާއިން ވަކި ކޮށްފިއެވެ.

ފުލުހުން ބުނީ އެމްއެމްޕީއާރުސީ މައްސަލައާ ގުޅޭގޮތުން ހިނގަމުންދާ ތަހުގީގުގައި އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިވާ ކަމަށް ފާހަގަވާ ފުލުހުންގެ ވަޒީފާގައި މިވަގުތު ތިބި 5 މުވައްޒަފެއްގެ ޖިނާއީ އަދި އިދާރީ ތަހުގީގު ހިނގަމުންދާތީ ތިބި މައްސޫލިއްޔަތުން ދުރު ކުރެވިފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިނާޔާތުގައި އެންމެ ބޮޑަށް ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅުން އޮތް ފުލުހުންތަކެއް ހިޔާނާތުގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތު ވަރަށް ކުރިން ވެސް ވަނީ ކުރެވިފަ އެވެ. ނަމަވެސް އެކަމުގައި މިހާތަނަށް ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުން މިހާތަނަށް އެކަމާ ގުޅޭގޮތުން އެއްވެސް ރިޕޯޓެއް ނެރެފައެއް ނުވެއެވެ. ނަމަވެސް އެ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި ރައީސް އަށް މިހާރު ވަނީ ފޮނުވާފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ފަސް އަހަރަށް ޖަލަށްލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!