Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

"އެންމެންވެސް މިތިބީ ބިރުން" އިޒްރޭލުން ފަލަސްތީނު ހިފުމާއިމެދު، ފަލަސްތީނުގެ ޖަވާބު!

"އެންމެންވެސް މިތިބީ ބިރުން" އިޒްރޭލުން ފަލަސްތީނު ހިފުމާއިމެދު، ފަލަސްތީނުގެ ޖަވާބު!

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޤަވާއިދާ ޚިލާފަށް ފަލަސްތީނުގެ ބިންތައް ހިފުމާއިމެދު ދެން އޮތީ މަދު ދުވަސްކޮޅެކެވެ.

އެގޮތުން ފަލަސްތީނުގެ ވެސްޓް ބޭންކް ސަރަޙައްދުން ބައެއް އިޒްރޭލުގެ ބާރުގެ ދަށަށް ގެންދަން ރާވަމުންދާއިރު، އެގޮތަށް އެކަން ވެއްޖެނަމަ ފަލަސްތީނުގެ 30 އިންސައްތަ ބިމަކީ އިޒްރޭލުގެ ބިންކަމުގައި ވެގެންދާނެއެވެ.

Advertisement
Allied Insurance — Square (box)

އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައިފިނަމަ، ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ވެގެންދާނެ ގޮތަކާއިމެދު އެމީހުން މިހާރުވެސް ތިބީ ވަރަށް ބިރުންނެވެ. އަމިއްލަ ޤައުމުގައި ތިބިއިރު ވެސް އިޒްރޭލުގެ އަނިޔާވެރިކަމާއި ކުރިމަތިލާން ޖެހުނު ފަލަސްތީނުގެ ރައްޔިތުންނަށް، އިޒްރޭލުގެ ޔަހޫދީން ދެން ހަދާނީ އެމީހުން ހިތަށް އެރި ގޮތެއް ކަމަށް ބުނެ އެތައް ރައްޔިތުންނެއް ދަނީ ކަރުނަ އަޅަމުންނެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފަން އުޅުމާމެދު އުރުދުންގެ އެކްޓިވިސްޓެއް ކަމަށްވާ ރާޝިދް ޚޫދްރީ ބުނީ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އިޒްރޭލުން އެސަރަޙައްދަށް ދެމުން ގެންދިޔަ ހަމަލާތައް ގިނަކަން ފާހަގަ ކުރެވޭ ކަމަށާއި އެބިމުން އެމީހުން ބޭރުކޮށްލުމަށްޓަކައި ތަފާތު އުކުޅުތައް ވެސް ބޭނުންކޮށްފައި ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ވަރަށް ސާފުކޮށް ފެންނަން ހުރިކަމެއް މިއީ. އިޒްރޭލު ސަރުކާރުން ބޭނުންވަނީ ފަލަސްތީނު ރައްޔިތުން އުރުދުން ވެލީއިން ބޭރުކޮށް، މިބިން ހިސޯރު ކުރަން. އެމީހުންގެ މަޤްސަދަކީ މިބިމުގެ ބާރު އެމީހުންގެ އަތް މައްޗަށް ގެންދިޔުން" ޚޫދްރީ ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް