އެގޮތުން 'އުތެމަ' ޖަމްއިއްޔާ ނިވާފަތްގަނޑެއް ކަމުގައި ހަދައިގެން ތިބެ، އެމްޑީއެން އިން ނެރެފައިވާ ރިޕޯޓަށް ތާއީދުކުރާކަން ހާމަކުރުމުގެ އިތުރުން، އެމްޑީއެންގެ އެ ރިޕޯޓުގައި ވެސް ހިމަނާފައިވާ ފަދަ، އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނާ ހިލާފު އެތައް ކަމެއް ހިމަނައިގެން، މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އެފަދަ އަމަލުތަކަށް ގާނޫނީ ބާރުތައް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކުރާ މަސައްކަތްތައް ފާޅުކޮށް ފެންނަން ހުރި ބަޔާނެއް ނެރެފައިވާ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެއެވެ. އަދި އުތެމައާއި އެކަމުގައި ބައިވެރިވެފައިވާ ފަރާތަކުގެ އެ އަމަލުތަކަށް އިންކާރުކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އިލްމުވެރިންގެ ގުޅުމުން ބުނެއެވެ.