ދުނިޔެ

އިންސާނިއްޔަތުކަމުގެ ލާމަސީލު ނަމޫނާއެއް! ކޮވިޑް ޖެހިފައިވާ ބަލިމީހުންނަށް، ބިވާންޑީގެ މިސްކިތެއްގައި ހިލޭ ސިއްޙީ ޚިދުމަތް ދެނީ!

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ބަރަކާތްތެރި ރަމަޟާންމަހު ވޭޝްނު ދޭވީ ފައްޅިއަކުން ވަނީ އިންސާނިއްޔަތުކަން އިސްކޮށް، އެތަނުގެ އެތެރޭގައި މުސްލިމުންނަށް ރޯދަ ވީއްލޭނޭ އިންތިޒާމު ހަމަޖައްސާ ދީފައެވެ.

Ads by Sosun Fihaara

މިފަހަރު އެފަދަ އިންސާނީ ޚިދުމަތެއް މަހަރާޝްތުރަ ގެ ބިވާންޑީގައި ވެސް މިވަނީ ދީފައެވެ. އެތަނުގެ މިސްކިތެއް ވަގުތީ ގޮތުން ކޮވިޑް ކެއާރ ސެންޓަރަކަށް ބަދަލުކޮށް، އެތަނުން ވަނީ ސިއްޙީ ޚިދުމަތްތައް ވަގުތީ ގޮތުން ދޭން ފަށާފައެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި އެމިސްކިތުގައި އޮކްސިޖަން ދެވޭނެ އެނދުތަކެއް ވަނީ ބަހައްޓާފައެވެ. ހޮސްޕިޓަލުން އެނދެއް ހުސްވަންދެން އެމިސްކިތުގެ ކެއާރ ސެންޓަރުން ޚިދުމަތް ދޭނެކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ބިވާންޑީގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމުގެ ސަބަބުން، އެތަނުގައި އިއުލާނުކުރި ފުރަބަންދުގެ މުއްދަތުވަނީ 15 ދުވަހަށް އިތުރު ކޮށްފައެވެ.

މިކެއާ ސެންޓަރު އިންޑިއާގެ ސިޓީއެއް ކަމަށްވާ ބިވާންޑީ ގައި ހުޅުވާފައިވަނީ "ޖަމާއަތޭ އިސްލާމީ ހިންދް (ޖޭއައިއެޗް) މޫވްމެންޓް ފޮ ޕީސް އެންޑް ޖަސްޓިސް" ޖަމާޢަތުގެ ފަރާތުން މިމަހުގެ 18 ވަނަ ދުވަހުގައެވެ.

"ބިވާންޑީ އަކީ ވަރަށް ސާފު ޠާހިރުކަން ކުޑަ އަވަށެއް. އޭގެ ސަބަބުން ވަރަށް ހަލުވި ކަމާއެކު ވައިރަސް ފެތުރިގެންދޭ. ހޮސްޕިޓަލުތަކުގައި ހުރި އެނދުތައް މިހާރު ހުރީ ފުރިފައި. އެހެންކަމުން މީހުންނަށް ފަރުވާ ލިބުމަށް ލަސްވާތީ އަހަރުމެން މިސްކިތެއްގައި މިޚިދުމަތް ދޭން ފެށީ!" ޖޭއައިއެޗް ގެ އޮފިޝަލެއް ކަމުގައިވާ އައުސަފް އަޙްމަދު ފަލާޙީ ވިދާޅުވިއެވެ.

މިސްކިތުގައި އެޚިދުމަތް ދިނުމުގެ އިތުރުން އެޖަމާޢަތުން ވަނީ ކޮވިޑް ގެ ކުދިކުދި އަލާމާތްތަކެއް ފެނިފައިވާ އަށް ގެއަކަށް ހިލޭސާބަހަށް އޮކްސިޖަން ސިލިންޑަރު ވެސް ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!