ދުނިޔެ

ހޮނު އެޅުމުގެ ސަބަބުން އިންޑިއާގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

މިދުވަސްކޮޅު މޫސުމަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން ހޮނުއެޅުމުގެ ސަބަބުން، އުތުރުން އިންޑިއާގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

Ads by Sosun Fihaara

އޮފިޝަލުން ބުނިގޮތުގައި މޫސުން ގޯސްވެ، ބާރުގަދަ ކޮޅިގަނޑު އައިސް، ވައިވެސް ގަދަވުމުގެ ސަބަބުން ބިހާރް އިން މިހާތަނަށް 83 މީހުން މަރުވެފައިވާއިރު އުއްތަރު ޕްރަދޭޝުން 20 މީހުން މަރުވެފައިވެއެވެ. އަދި ޑަޒަނަކަށްވުރެ ގިނަ މީހުން މިދެއަވަށުން ޒަޚަމްވެފައިވާ ކަމަށް ވެސް އޮފިޝަލުން މައުލޫމާތު ދެއެވެ.

ވިއްސާރަ މޫސުމުގައި އިންޑިއާގެ އުތުރު ފަރާތަށް ހޮނު އެޅުމަކީ އާއްމުކޮށް ކޮންމެ އަހަރަކު ވެސް ކުރިމަތިވަމުން އަންނަ ކަމެކެވެ. އެޤައުމުގައި އާއްމުކޮށް ވިއްސާރަ މޫސުން އައިސްފައިވަނީ ކޮންމެ ޖޫން މަހަލުން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ނަމަވެސް އެހެން އަހަރުތަކަށް ބަލާއިރު، މޫސުން ގޯސްވެގެން އިންޑިއާއިން މިހާ ގިނަ އަދަދެއްގެ މީހުން މަރުވި މިއީ ފުރަތަމަ ފަހަރު ކަމަށް ބިހާރްގެ ޑިޒާސްޓަރ މެނޭޖްމަންޓް މިނިސްޓަރ ލަކްޝްމޭޝްވަރް ރާޖް ބުނެފައިވެއެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ އުޕެންދްރާ ޕާލް ބުނެފައިވާ ގޮތުގައި، ހޮނު އަަޅައިގެން މިފަހަރު މީހުންގެ ތެރޭގައި ގިނައީ ދަނޑުވިންނެވެ. އެމީހުން މަރުވެފައިވަނީ ދަނޑުހައްދަން ބޭރަށް ނިކުމެގެން އުޅެނިކޮށް ކަމަށް ވެސް ޕާލް ބުނެފައިވެއެވެ. ޕާލް ބުނި ގޮތުގައި މިހާދިސާތަކުގެ ސަބަބުން ޒަޚަމްވީ މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލު ތަކުގައި ފަރުވާ ދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!