ޚަބަރު

ކޮވިޑާ ގުޅިގެން ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ މުޅިން ހުއްޓުނު: ސާވޭ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން، ކޮންމެ 10 މީހަކުން އެކަކުގެ އާމްދަނީ މުޅިން ހުއްޓިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ދިވެހި ގައުމީ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން އާންމުންނަށް ކޮށްފައިވާ އަސަރުތައް ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ސާވޭއެއް ހަދައު އޭގެ ނަތީޖާ މިއަދު ވަނީ އާންމު ކޮށްފަ އެވެ.

މި ސަވޭގައި 2871 މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 2697 މީހެއްގެ ފަރާތުން ސަވޭއަށް ބޭނުންވާ ފުރިހަމަ ބައިވެރިވުން ލިބިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ވަނީ މި ސާވޭގެ ފުރަތަމަ ބުރުން އެއްކުރެވުނު މަަޢުލޫމާތުތަކުގެ ތަފާސް ހިސާބުތައް ހިމެނޭހެން ތިންވަނަ ރިލީޒް މިހާރު އާއްމުކޮށްފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ހޯދުންތަކުން އެނގޭ ގޮތުގައި، ސާވޭގައި މައުލޫމާތު ހިއްސާކުރި ބައިވެރިިންގެ ތެރެއިން ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ލިބޭނެ މަގު ވަނީ މުޅިން ބަންދުވެފައެވެ.

އަދި ކޮންމެ ދިހަ މީހަކުން ފަސް މީހެއްގެ ވަޒީފާއަށް އަސަރު ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ކޮންމެ ދިހަ މީހަކުން ފަސް މީހެއްގެ ވަޒީފާ ސަލާމަތް ވެފައިވާ ކަމަށް ސާވޭއިން ދައްކައެވެ. އަދި ކޮންމެ ދިހަ މީހަކުން ތިން މީހެއްގެ މުސާރަ ކުޑަކޮށްފައިވާ ކަމަށްވެސް ދައްކަ އެވެ.

ވިޔަފާރިތަކަށް ބަލާއިރު، ކޮވިޑާ ގުޅިގެން ކޮންމެ 10 ވިޔަފާރިއަކުން ފަސް ވިޔަފާރިއަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.

އަދި ކޮންމެ ދިހަ ވިޔަފާރިއަކުން ހަތަރު ވިޔަފާރިއަށް ލިބެމުންދިޔަ ހުރިހާ އާމްދަނީއެއް ވަނީ ހުއްޓިފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި އަދި އެކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން 65 ޕަސެންޓް މީހުންނަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށްވެސް މި ދިރާސާއިން ދައްކަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!